މެމްބަރު ހާމިދުގެ މައްޗަށް ކުޑަކަމުދާ ތަކެތި ނުދިނުމުގެ އިތުރު ދައުވާއެއް
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރުގެ މައްޗަށް ކުޑަކަމުދާ ތަކެތި ދޭން އިންކާރު ކުރިކަމުގެ އިތުރު ދައުވާއެއް ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
2012 ވަނަ އަހަރު ހދ.ހޮނޑައިދޫގައި މަސްތުވާ ތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރިކަމުގެ ކުށުގެ ދައުވާ ދައުލަތުން މިހާރުވެސް އަންނަނީ ހާމިދާ ދެކޮޅަށް ކުރަމުންނެވެ.
އިއްޔެ ކްރިމިންލަ ކޯޓަށް ޕީޖީން ފޮނުވި ދަޢުވާގައި ބުނެފައިވަނީ 2012 ވަނަ އަހަރު ދިރާގު ކައިރި ބަންދުކޮށްފައި ވަނިކޮށް އެސަރަހައްދަށް މީހުން އެއްކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައި އެތަނުން ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން ހާމިދު އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ. މިދައުވާއާއެކު ހާމިދުގެ މައްޗަށް ދައުލަތުން ކުރާ ޖިނާއީ ދައުވާގެ އަދަދު ވަނީ ހަތަރަކަށް އިތުރުވެފައެވެ. ކުޑަކަމުދާ ތަކެތި ނުދިނުމުގެ ދެ ދައުވާގެ އިތުރުން ކެނަބިހުން މުއާމަލާތު ކުރުމުގެ ދައުވާއަކާއި، ބަނގުރާ ބޭނުންކުރި ކަމުގެ ކުށުގެ ދަޢުވާއެއް ދައުލަތުން އަންނަނީ ހާމިދުގެ މައްޗަށް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ