ތިމާއަށް ކުރިއެރުމާއި މަތީ މަގާމު ހޯދައި ދިން މީހުނަށް ހަރާންކޯރުވުން މިއަދު ރާއްޖޭގެ ސިޔާސީ މައިދާނުގައި ކުރިއެރުން ހޯދުމަށް އޮތް ހަރުގަނޑަކަށް ވެއްޖެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް އަންނަން އޮތް ޖީލުތަކުގެ މަލާމާތް ރައްދު ވާނެ ކަމަށެވެ. މައުމޫން މިހެން ވިދާޅުވެ ޓުވީޓު ކުރައްވާފައި މިވަނީ ރޭ ޖުމުހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްވެސް މިފަދަ މޭރުމަކުން ޓުވީޓެއް ކުރައްވާފައި ވަނިކޮށެވެ.
ގާސިމްގެ ޓުވީޓުގައި ވަނީ ޖަނަވާރުންގެ މިސާލުން މިސާލު ޖައްސަވާފައެވެ. ގެންގުޅޭ ޖަނަވާރުވެސް ސާހިބު މީހާއަށް ވަފާތެރި ނޫންތޯ ވިދާޅުވެ ގާސިމް ވަނީ ކުއްތާވެސް އެއަށް އަޅާލައި، ގެންގުޅޭ ސާހިބު މީހާގެ ހިމާޔަތުގައި ފުރާނަ ދުއްވާލާ ކަމަށާއި އަދި ރާމާމަކުނުވެސް އެއަށް ހެޔޮކޮށް ހިތި މީހާ ދަންނަ ކަމަށް ވިދާޅުވެފައެވެ.
ގާސިމް މިހެން ޓުވީޓުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު، ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ގާސިމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ ދަނޑިވަޅެއްގައެވެ.
ހަރާންކޯރުވުން މިއަދު ކުރިއެރުމަށް ހަރުގަނޑަކަށް ވެއްޖެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ