ކްރިިމިނަލް ކޯޓުގެ ގާޒީއަށް ކުރިން ހުންނެވި އަހުމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުކޮށްފި އެވެ.
ޖުޑީޝަން ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވަނީ ސިވިލް ކޯޓަށް އަހުމަދު ރަޝީދު ބަދަލުކޮށްފައިވަނީ އޭނާގެ ސަސްޕެންޝަނަށް ފަހުގައެވެ.
އަހަރު ދުވަހެއްގެ މުއްދަތަށް ފަހު އޭނާގެ ސަސްޕެންޝަން އުވާލާފައިވަނީ މިދިޔަ ހަފްތާގައެވެ. އެއާއެކު އޭނާގެ އެދުމުގެ މަތީން ކްރިމިނަލް ކޯޓުން ސިވިލް ކޯޓުގެ ގާޒީއަށް ބަދަލުކޮށްފައިވާ ކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ.
ގާޒީ އަހްމަދު ރަޝީދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.
އަހްމަދު ރަޝީދު ކްރިމިނަލް ކޯޓުގައި ގާޒީ ކަން ކުރައްވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް، އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ.
އޭނާ ސަސްޕެންޑް ކުރިއިރު ބައްލަވަމުން ގެންދެވީ މަސްތުވާތަކެއްޗާއި މަރުގެ މައްސަލަތަކެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސިވިލް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ