އީދު ދުވަހު މާލެ ސަރަހަށްދުގައި ހަވީރު 4 އިން ރޭގަނޑު 8ކަށް އުޅެވޭނީ ހިނގާފަ

އީދު ދުވަހު މާލެ، ހުޅުމާލެ، ވިލިނގިލީގައި ހަވީރު ހަތަރަކުން ރޭގަނޑު ހަށަކަށް އުޅެވޭނީ ހިނގާފަކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
މޭޔަރު ވިދާޅުވީ، އީދު ދުވަހު ހިނގާފައި އުޅެ ވަގުތުތަކެއް ކަނޑައެޅުމާއި ބެހޭގޮތުން ރައްޔިތުންނާ މަޝްވަރާކޮށްފައިވާކަމަށެވެ. އެގޮތުން އޮންލައިކޮށް ޕޯލްތައް ހުޅުވާލައިގެންނާއި، އަދި ކްލަބްހައުސްގެ ބައްދަލުވުމެއްވެސް ބާއްވައިގެން މަޝްވަރާކޮށްފައިވާނެކަމަށް މޭޔަރު ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެެހެންކަމުން މި މަޝްވަރާތަކަށް ރިއާޔަތްކުރުމަށްފަހު، އީދު ދުވަހުގެ ހަވީރު ހަތަރަކުން ރޭގަނޑު އަށަކަށް މާލެ ސަރަހަށްދުގެ ހުރިހާ ހިސާބެއްގައި ހިގާފައި އުޅޭގޮތަށް ކަނޑައަޅާފައިވާކަމަށެެވެ.
މި ގަޑީގައި ވެހިކަލް ދުއްވުން މަނާ ނަމަވެސް ސަލާމަތީ ހިދުމަތްތަކުގެ އުޅަނދުފަހަރާއި އެމަޖެންސީގައި ކޮންމެހެން ދުއްވަންޖެހޭ ވެހިކަލްތައް ދުއްވުމުގެ ހުއްދަ އޮންނާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މި އަހަރުގެ ބޮޑު އީދުދުވަހަކީ އަންނަ އަންގާރަ ދުވަހެވެ. ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އީދާއި ދިމާކޮށް، ލުއިތަކެއް ދީފައިވާއިރު، ގިނަ ބަޔަކު މިހާރު ވަނީ ރަށްރަށައް ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ