އޭވިއޭޝަން ދާއިރާގެ ހިދުމަތްތެރިޔާ ނަސީރު އަވަހާރަވެއްޖެ

އޭވިއޭޝަން ދާއިރާގައި ފާހަގަކުރެވޭ ހިދުމަތްތެރިއެއް ކަމަށްވާ މުހައްމަދު ނަސީރު އަވަހާރަވެއްޖެ އެވެ.
އައްޑޫ ސިޓީގެ ހިތަދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ނަސީރު އުމުރުފުޅުން 73 އަހަރުގައި އަވަހާރަވީ މިއަދު ފަތިހުގެ ވަގުތެއްގަ އެވެ.
އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސީރު އަވަހާރަވީ ހިތުގެ މައްސަލައެއް ދިމާވެގެންނެވެ.
ނަސީރު އަވަހަރާވިއިރު އަނބިކަނބަލުންނާއި ހަތަރު ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރަކީ ވެސް ނަސީރުގެ ބޭފުޅެކެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނަސީރު ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަންވެސް ކުރައްވާފަ އެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ ނަސީރަކީ މައުލޫމާތު މުއްސަނދި، ވިސްނުންތޫނު، އިސްލާހީ ފިކުރުގެ މުފައްކިރެއް ކަމަށެވެ.
ނަސީރު އަވަހާރަވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ގެންދަނީ އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ