ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި، އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓާ އޮފް ހުޅުމާލެ އޮޕަރޭޝަންސް އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަށް ޒަހަމްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު 18:37 ހާއިރު ފަރުކޮޅުފުށީ ހިއްކި ބިމުގައި މާރާމާރީއެއް ހިނގާކަމުގެ ރިޕޯޓު އެ ހިދުމަތަށް ލިބިފައިވާ ކަމަށެވެ. އެ މާރާމާރީގައި އުމުރުން 21 އަހަރާއި 34 އަހަރުގެ ފިރިހެނަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެ އެވެ.
އަނިޔާވި މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލައިގައި މީހަކު މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އިސޫއަކީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތުހުމަތުތަކެއް ކުރެވުނު މީހެކެވެ. ރިލްވާންގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާއެއް ވެސް އުފުލި އެވެ.
ފަހުން އޭނާ ފެނިފައި ވަނީ ރައީސް މުހައްމަދު މުއިއްޒާއެކު އެވެ. ޕީއެންސީގެ ކެމްޕެއިންތަކުގައި ވެސް ވަރަށް ބޮޑަށް އޭނާ ހަރަކާތްތެރިވެ އެވެ. އަދި ޕާޓީގެ އެތެރޭގެ މަގާމަކަށް ވާދަ ކުރަން ވެސް އިސޫ މަސައްކަތް ކުރި އެވެ.
މާރާމާރީއެއްގައި އިސޫ ޒަހަމްވެ ހޮސްޕިޓަލުގައި ފަރުވާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ