ކުރީގެ މެމްބަރު މުބީން އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖުލީހުގެ މިދިޔަ ދައުރުގައި ބިލެތްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަހްމަދު މުބީން، ޖުމްހޫރީ ޕާޓީ (ޖޭޕީ) ދޫކުރައްވައި އަލުން މިރޭ ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މުބީން 2014ގައި މަޖިލީހަށް އިންތިހާބުވެވަޑައިގަތީ ވެސް ޖޭޕީގެ ޓިކެޓުގަ އެވެ. އެގޮތުން:
ދައުރުގެ ވަކި ހިސާބަކުން ޖޭޕީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގަތް 
ޕީޕީއެމް ދޫކުރައްވައި އަލުން ޖޭޕީއާ ގުޅިވަޑައިގަތީ 15 ނޮވެމްބަރު 2018ގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުން ބަލިވުމުން
ޕީޕީއެމްގައި ހުންނެވުމަށް ފަހު މުބީން ޖޭޕީއަށް ބަދަލުވެވަޑައިގަތީ ޔާމީން ދޫކުރައްވައި ޖޭޕީ ވެސް ހިމެނޭ ގޮތަށް އޭރުގެ އިދިކޮޅު ފަރާތްތައް އަދި މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއަކާ ގުޅިވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވުމަށް ފަހު
ތަފްސީލް - ޖޭޕީ ދޫކުރައްވައި މުބީން ވަނީ މިރޭ އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ. އޭނާ ވަނީ ޕާޓީގެ މެމްބަޝިޕް ފޯމު ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރައްވައިފަ އެވެ. 
ގުޅުން ހުރި ކަމެއް - މުބީންގެ އިތުރުން، ޖޭޕީގެ ކެމްޕެއިން އަދި އިންތިހާބުތަކާ ބެހޭ ކޮމިޓީގެ ޗެއާ އަބްދުލް ހަމީދު އަބްދުއްސަމަދު ވެސް ވަނީ މިރޭ ޖޭޕީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ