އަމާޒަކީ މަޖިލީހުގެ އިންތިޚާބުގައި، އެމްޑީޕީއަށް ސާފު އަޣުލަބިއްޔަތު ހޯދުން- ޞާލިޙް ޕްރައިމަރީގައި ރޮޒޭ އާއި ވާދަކޮށް ފޭދޫ އުތުރު ދާއިރާގެ ޓިކެޓް ޑުންގާއަށް! އެތްލެޓިކްސް މުބާރާތަށް ތައްޔާރުވުމަށް އައްޑޫ ސާފުކުރުމުގެ ހަރަކާތެއް ބާއްވައފި 173 ބިދޭސީއަކު ޑީ

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި، އެ ޕާޓީގެ އައްޑޫ މީދޫ ދާއިރާގެ ޓިކެޓް މުޙައްމަދު ސޮބްރީ (ސޮބާ) ކާމިޔާބު ކޮށްފިއެވެ.
މިއަދު ކުރިއަށް ދިޔަ ޕާޓީގެ ޕްރައިމަރީގައި އައްޑޫ މީދޫ ދާއިރާއަށް 4 ކެންޑިޑޭޓަކު ވަނީ ވާދަކޮށްފައެވެ. އެއީ ހިޝާމް މުޙައްމަދު އާއި އަބްދުﷲ ވަސީމް އަދި ޙައްވާ މުޙައްމަދުގެ އިތުރުން މުޙައްމަދު ސޮބްރީއެވެ.
އިންތިޚާބުގައި ޞޮބާއަށް ލިބިފައިވަނީ 208 ވޯޓެވެ. އެއީ މީދޫގައި ބަހައްޓާފައި ހުރި ފޮށިން 157 ވޯޓާއި މާލެ ފޮށިން 51 ވޯޓާއެކުގައެވެ. ޞޮބާ އާއި އެންމެ ގާތުން ވާދަކުރީ 152 ވޯޓާއެކު އަބްދުﷲ ވަސީމްއެވެ. ހިޝާމް އަށް ލިބިފައިވަނީ 105 ވޯޓެވެ. އަދި ޙައްވާ މުޙައްމަދު އަށް ލިބުނީ 06 ވޯޓެވެ.
“ދާއިރާގެ ދިރުމަށް ” ސްލޯގަން އާއެކު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި ޞޮބާ ފާހަގަ ކޮށްލެވެނީ މަސްތުވާ ތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކޮށްދީ މުޖުތަމައަށް ނެރެދިނުމުގައި މުޅި ރާއްޖޭގައި ވެސް ފާހަގަކޮށްލެވޭ ފަދަ މަސައްކަތް ކުރައްވަވާ ފަރާތެއްގެ ގޮތުގައެވެ.
ޕްރައިމަރީގެ ކެމްޕެއިން ގައި ޞޮބާ ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކަކީ ގައުމީ މައްސަލައެއްކަމަށާއި ބޭރުގެ އެހީތެރިކަމާއި އެކު މިހާރު ރާއްޖޭގައި އޮތް ނިޒާމުގެ ތެރެއިން ކުރެވިދާނެ ކަންތައް އެނގޭ ކަމަށެވެ. އަދި އެންޑީއޭގައި މަސައްކަތް ކުރި އިރު މިހާރު އޮތް ގާނޫނަށް ގެންނަން ޖެހޭ އިސްލާހްތަކާއި ބެހޭގޮތުން މަސައްކަތް ވެސް ކުރެވުނު ކަމަށާއި އެހެނަސް މި މަޖިލިސް ނިމިގެން ދާއިރު އެ ގާނޫނު އިސްލާހަކަށް އަދި މަޖިލިހުގެ ތަޅުމަކަށް ނުދާކަމަށެވެ. އެހެންކަމުން މަޖިލިހުގެ އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްޖެނަމަ މަޖިލިސް ތެރެއިން އެކަމަށް ވަކާލާތު ކޮށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ