ރާއްޖޭގެ ކުރީގެ ކްރިކެޓް ކޯޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް

ރާއްޖޭގެ ކުރީގެ ކްރިކެޓް ކޯޗް ދެކުނު އެފްރިކާގެ މުހައްމަދު އާސިފް އަމީން ޚާން ކޯޗުކޮށްދިން އެތައް ކުދިންނަކަށް ޖިންސީ ގޯނާކުރި ކަން ސާބިތުވެ 53 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.
ގައުމީ ފިރިހެން ކްރިކެޓް ޓީމާއި އަންހެން ކްރިކެޓް ޓީމަށް ކޯޗްކޮށްދިން އާސިފް ޖިންސީ ގޯނާގެ ތުހުމަތަށް ހައްޔަރު ކުރީ 2019 ގެ އޮކްޓޫބަރު މަހުގައެވެ. އޭނާ ހައްޔަރުކޮށް ނުވަ ދައުވާއެއް އުފުލި އެވެ.
މީގެ ތެރެއިން ޖިންސީ ގޯނާކުރުމުގެ ތިން ދައުވާ އަކާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާ އާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ އެއް ދައުވާއެއްގެ އިތުރުން ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ އެއް ދައުވާ އޭނާގެ މައްޗަށް މިއަދު ވަނީ ސާބިތުވެފައެވެ. މީގެ ތެރެއިން:
އެހެންކަމުން އޭނާ އަށް ވަނީ ޖުމްލަ 53 އަހަރާއި 2 މަހާއި ހަތް ދުވަހަށް ޖަލަށް ލުމަށް އަމުރުކޮށްފައެވެ. އެކަމަކު މި ހުކުމް ބަދަލުވާނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށެވެ. އެއީ 25 އަހަރެވެ.
އުފުލި ނުވަ ދައުވާގެ ތެރެއިން ހަތް ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައެޅީ އާސިފްގެ ޝިކާރައަކަށްވި ކުދިން ދިން ބަޔާންތަކާއި އެ ބަޔާންތަކަށް ބާރު ލިބޭ ހެކީގެ މައްޗަށް ބިނާކޮށްގެންނެވެ.
ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް އާސިފްގެ ފަރާތުން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ