މާދަމާ (1 މޭ 2023) އިން ފެށިގެން ސިއްހީ ދާއިރާގެ މަގާމުތަކުގެ މުސާރައަށް ސަރުކާރުން ގެންނަވާފައިވާ ކުރިއެރުމުގެ އެއް ބޭނުމަކީ މި ދާއިރާއަށް ތައުލީމީ ގާބިލު ދިވެހިން އިތުރު ކުރުމަށް ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
އާ ޕޭ ފްރޭމްވޯކަށް ސިއްހީ ދާއިރާގެ މުވައްޒަފުން ހިޖުރަ ކުރުމާއި ގުޅޭ މައުލޫމާތު ހާމަކުރުަމށް ސަރުކާރުގެ ފަރާތުން މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ ސިއްހީ ދާއިރާގައި ދިވެހިންގެ ހިއްސާ ބޮޑުވާން ޖެހޭ ކަމަށެވެ.
ބޭނުމަކީ ހުރިހާ މުވައްޒަފުން ތަމްރީނުގެ ތެރެއަށް ވަނުން. ދިވެހިންގެ ހިއްސާ ބޮޑުވާން ޖެހޭ. ކުރިއެރުން ހޯދުމަށްޓަކައި ނަސޭހަތްތެރިވާނަން. ވަކި ވަކި މުވައްޒަފުންނާ ގުޅައިގެން ކުރިއަށް ގެންދާނަށް. ދެން ކުރަން ޖެހޭ ކަމަކީ މުވައްޒަފުންނަށް މަންފާ ލިބޭނެ މަގުތައް ހޯދުން"
ސިއްހީ ދާއިރާގެ މުސާރަތަކަށް މިގެނައި ހެޔޮ ބަދަލާއި އެކު ކުރިޔަށް އޮތް 10 ވަރަކަށް 15 ވަރަކަށް އަހަރުގެ ތެރޭގައި ބޮޑު ކުރިއެރުމެއް މިދާއިރާއިން ދިވެހިން ތަމްރީނުވުމަށް ހޯދޭނެ ކަމަށާއި، ދިވެހިންބޭނުންވާ ދާއިރާތަކަށް ޝައުގުވެރިކަން އުފެއްދޭނެ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މާދަމާއިން ފެށިގެން ސިއްހީ ދާއިރާގެ މުސާރަތަކަށް އަންނަ ބަދަލުތަކަށް ނުވަތަ އާ ޕޭ ފްރޭމްވޯކަށް ޖުމްލަ 3701 މުވައްޒަފުން ހިޖުރަ ކުރާނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.
ސިއްހީ ދާއިރާގެ މަގާމުތަކުގެ ގިނަ ރޭންކްތަކަށް ބޮޑެތި މުސާރަތަކެއް ކަނޑައެޅިފައިވީނަމަވެސް ބައެއް މަގާމުތަކުގައި އެއްވެސް ދިވެއްސެއް ނެތްކަންވެސް ޕޭ ކޮމިޝަނުން ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް އެދާއިރާއިން ތައުލީމު ހާސިލް ކުރައްވައިގެން އެ ރޭންކަށް ފެތޭ ދިވެހިން ރާއްޖޭން ބޭރުގައި މަސައްކަތް ކުރައްވާކަން ޕޭ ކޮމިޝަނުން ފާހަގަ ކުރެއްވިއެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދެއްވާނެކަމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދެކެވެ. އެ ވައުދު ފުއްދެވުމަށް ޕޭކޮމިޝަނާއި ކަމާއި ގުޅުން ހުރި އިދާރާތަކުން ވަރަށް ބުރަ މަސައްކަތެއް ކުރައްވާފައިވާ ކަމަށާއި، އެތަށް ދިރާސާތަކެއް ހައްދަވާފައިވާ ކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި އެ މަސައްކަތުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޕޭ ހާމަނައިޒޭޝަންގެ މަސައްކަތާއި އެކު މުވައްޒަފުން ކުރާ މަސައްކަތާއި އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައަޅާ އުޖޫރައިގެ ތަފާތުތައް ނައްތާލެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
ސިއްހީ ދާއިރާގެ މުސާރަބޮޑުކުރުން: ސަރުކާރުގެ އަމާޒަކީ ދާއިރާ ދިވެހިކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ