ފުވައްމުލަކުގައި އަންހެނުންގެ ކްރިކެޓުގެ ބޮޑު މުބާރާތެއް
ޖުމްލަ ފަސް ޓީމާއެކު އެޗްއޭއެސް ފުވައްމުލައް ވިމެންސް ޓީ20 ކުރިކެޓް މުބާރާތުގެ ނަމުގައި މުބާރާތެއް ފުވައްމުލަކުގައި ފަށައިފިއެވެ. މިއީ ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ވާދަކުރާ ފަސް ޓީމަކީ ފަތްމިނި، ހަބޭސް، ކަމަނަ، ކުރި ހިތްވަރު އަދި ރަނިންއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މުބާރާތް ކުރިއަށްދަނީ ފުވައްމުލަކުގެ ދެ ޕިޗެއްގައި ކޮންމެ ދުވަހަކު ހަތަރު މެޗު ކުޅޭގޮތަށެވެ. މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލުގައި ވާދަކުރާ ގޮތަށެވެ. އުމުރުގެ ގޮތުން ވަރަށް ހަގު ކުދިންނާއި، ބެލެނިވެރިންނާއި ޓީޗަރުންވެސް ހިމެނޭގޮތަށް ކުރިއަށްގެންދާ މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ސީބީއެމުން މައުލޫމާތުދެއެވެ. ޖުމްލަ 11 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 65 ބައިވެރިން ހިމެނެއެވެ. މުބާރާތް ކުރިއަށްގެންދަނީ ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ