ޤިޔާމަތް ދުވަހު އަލިފާނުގެ ފޭރާން އެންމެ ގިނަ ބައަކަށްލާންޖެހޭނެ ސަބަބު- ކަނބަލުން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެއް!: މުފްތީ މެންކް

ތިބާ ދުނިޔެމަތީގައި ލައި އުޅުނު ފޭރާމަކީ އެންމެ ރިވެތި، އެންމެ އަގުބޮޑު ފޭރާންކަމުގައިވެފައި އެފޭރާމުން ތިބާގެ އަޢުރަ ނިވާނުކުރާތީ ސުވަރުގޭގެ ވަސްވެސް ނުލިބި ނަރަކައަށް ވަންނަން ޖެހިއްޖެނަމަ ތިބާގެ ގައިގައި އަލިފާނުންވާ ނަރަކައިގެ ފޭރާން ލެއްވޭނެއެވެ. ނަރަކައިގެ ފޭރާންލާން ނޭދޭނަމަ އޮތީ ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިމުގެ ތެރެއިން ފޭރާންލައި ނިވާވެގެންތިބުމެވެ. މިއީ އިތުރު އެއްވެސް ބަހުސެއްކުރަންޖެހޭ ކަމެއް ނޫނެވެ.
ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި އަންހެނުން ނިވާ ނުވާނަމަ އެމީހުންނަކަށް ޙަޤީޤީ އުފަލެއް އަދި ހިތްހަމަ ޖެހުމެއް ދުނިޔޭގައިވެސް ނެތެވެ. ނިވާވެގެން ތިބޭނަމަ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނެއެވެ. އެއީ ނިވާވެގެން ތިބޭ މީހުންނާއި ﷲ ތަޢާލާ އާއި ދެމެދު އުފެދިފައި އޮންނަ ގާތް ގުޅުމުގެ ސަބަބުންނެވެ.
އަހަރެމެން ކޮންމެ މުސްލިމެއްގެ ވެސް އެންމެ ބޮޑު އެދުމަކަށްވާނީ ރަސޫލް ﷺ އާއި ބައްދަލުކުރުމެވެ. ރަސޫލް ﷺ އާއި ބައްދަލުވާހިނދު ތިބާއަކީ އިސްލާމް ދީނުގައި އޮތް މަގުން ހެދުނަ ލައި އުޅުނު މީހަކު ކަމުގައިވާނަމަ އެކަމަށްޓަކައި ރަސޫލް ﷺ ފަޚުރުވެރިވެވަޑައިގަންނަވާނެއެވެ.
މިއީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި އެއް ނިޢްމަތެވެ. އެނިޢްމަތް ލިބިއްޖެނަމަ އެމީހަކު ވާހުށީ ސުވަރުގޭގައެވެ. މަތިވެރި ދަރަޖައިގައެވެ. ވީއިރު މިއަށްވުރެ މަތިވެރި ނިޢްމަތަކީވެސް ކޮބައިހެއްޔެވެ؟
 
--މުފްތީމެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ