ފެނަކައިގެ ޗެއާމަނަކަށް ޝާމް އައްޔަންކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ހުސެއިން ޝާމް އާދަމް މިއަދު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - ފެނަކައިގެ ޗެއާމަނަކަށް ހުންނެވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ވަނީ އެ މަގާމުން ވަކިވެފަ އެވެ.
ތަފްސީލް - ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އެކްސް ޕޯސްޓެއްގައި ވަނީ ފެނަކައިގެ ޗެއާމަންކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ޝާމް އައްޔަންކުރިކަން ހާމަކޮށްފަ އެވެ.
ޝާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ފެނަކައިގެ ބޯޑު މެމްބަރުކަން ވެސް އޭރު ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ