ތިނަދޫ ކައުންސިލަށް ފިޔަވަޅު އެޅުން އެމްޑީޕީން ކުށްވެރިކޮށްފި މިއީ ސިޔާސީ “ކުޅިގަނޑެއް”، އެލްޖީއޭއަށް ދުލެއް ނުދޭނަން: ސައުދު ތިނަދޫގެ 200 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި މަގުބޫލު ލިޔުންތައް އެންމެ ފުރަތަމަ އަހަރެން ހީކުރީ އަހަރެން

ތިނަދޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކުރި ކުރުމުން ދޭހަވަނީ ކުރިއަށް އޮތް ކައުންސިލު އިންތިޚާބުން ސަރުކާރު ބޮޑުތަނުން ބަލިވާނެ ކަން ކަމަށާއި އިންތިޚާބަށް ނުފޫޒު ފޯރުވާނެކަންކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ވިދާޅުވީ އެލްޖީއޭ އިން ތިނަދޫ ސިޓީ ކައުންސިލަށް ފިޔަވަޅު އަޅައި، ތިނަދޫގެ މޭޔަރު ސަޢުދު ޢަލީއާއި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެންޑްކުރީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް ކަމަށާއި އެއީ ހިންގި ޖަރީމާއެއް ކަމަށެވެ.
“ތަކުރާރުކޮށް ލާމަރުކަޒީ ނިޒާމަށް ފާޑުކިޔައި، ކައުންސިލަރުން މަދުކުރާނެ ކަމުގެ އިންޒާރަށް ފަހު، ތިނަދޫ ކައުންސިލަށް ފިޔަވަޅު އެޅުމަކީ ލާމަރުކަޒީ ނިޒާމަށާއި އެންމެހައި ކައުންސިލުތަކާއި ރަށްރަށް ހިންގަން ތިބި ރައްޔިތުންގެ މަންދޫބުންނަށް ދިން ވަރަށް ވެސް ފިނޑި ހަމަލާއެއް. އެ ކަމުން ދޭހަވަނީ ސަރުކާރު ކުރިއަށް އޮތް ކައުންސިލު އިންތިޚާބުން ބޮޑުތަނުން ބަލިވާނެ ކަން ކަމަށާއި އިންތިޚާބަށް ނުފޫޒު ފޯރުވާނެކަން” ޝާހިދު ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން އެލްޖީއޭއިން ބުނެފައިވަނީ އެހެން ނިންމާފައިވަނީ ވަނީ އެ ކައުންސިލާ ގުޅޭގޮތުން އެ އިދާރާއަށް ހުށަހަޅައިފައިވާ މައްސަލަތައް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހުގައި ކަމަށެވެ.
އެލްޖީއޭއިން ބުނީ ތިނަދޫ ސިޓީ ކައުންސިލުން އެ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާކަމަށެވެ. އަދި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ކައުންސިލްގެ މިންގަނޑާ ޚިލާފަށް މޭޔަރާއި މެންބަރުން ޢަމަލުކުރާކަމަށް ބުނެ އާންމުން ދައުލަތުގެ އެކި އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.
އެލްޖީއޭގެ އަމަލު ކުށްވެރިކޮށް އެމްޑީޕީއިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ، އެއީ ކައުންސިލް އިންތިޚާބާ ދިމާކޮށް އެ ކައުންސިލުގެ އަގު ވައްޓާލުމަށާއި އެ ޕާޓީގެ ކައުންސިލަރުންގެ ބާރު ކަނޑުވާލުމަށް ޕީއެންސީން ކޮށްފައިވާ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ