44 އަހަރުގެ އިންތިޒާރަކަށްފަހު ވިލާއަށް ޔޫރަޕުގެ ކާމިޔާބީއެއް، ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި

މީގެ 44 އަހަރުކުރިން 1982 ވަނަ އަހަރު ޗެމްޕިއަންސް ލީގު، އޭރުގެ "ޔޫރަޕިއަން ކަޕް" ހިއްލާލުމަށްފަހު މިއަދާ ހަމައަށް އިނގިރޭސި ވިލާތުގެ އެސްޓަން ވިލާއަށް ޔޫރަޕުގައި ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ.
އެހެން ނަމަވެސް މީގެ ތިންއަހަރާ ބައިގެ ކުރިން ވިލާ ޕާކަށް އައިސް އެސްޓަންވިލާއަށް ކާމިޔާބު ހޯދައިދިނުމަށް އުނައި އެމެރީ ވައުދުވި އެވެ. އަދި އޭނާ މިވަނީ ވައުދާ އެއްގޮތަށް މިސީޒަނުގެ ޔޫރޮޕާ ލީގުގެ ތަށި އެސްޓަން ވިލާއަށް ހޯދައިދީފަ އެވެ.
އިއްޔެ އިސްޓަންބޫލުގައި ކުޅެވުނު ފައިނަލް މެޗުގައި އެމެރީ މިވަނީ އޭނާއަށް އެންމެ ފަރިތަ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. މިކާމިޔާބީއާއެކު އެމެރީ މިވަނީ 3 ކުލަބާއެކު 5 ފަހަރު މިމުބާރާތް ހިއްލާލާފަ އެވެ. އެއީ ސެވިއްޔާއާއެކު 3 ފަހަރު އަދި ވިޔަ ރެއާލާއެކު 1 ފަހަރު އެވެ.
މިތައްޓަކީ ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ވިލާއިން ހޯދި ފުރަތަމަ ބޮޑު ކާމިޔާބީ އެވެ. އެއްވެސް ފެންވަރެއްގައި އެންމެފަހުން ވިލާއިން ހޯދި ކާމިޔާބަކީ 1996 ވަނަ ލީޑްސް ބަލިކޮށް ލީގު ކަޕެވެ.
ރޭގެ މެޗުގައި އެސްޓަންވިލާއިން ފްރެއިބާގްގެ މައްޗަށް ކުރިހޯދީ 3 - 0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔޫރި ޓިލެމެންސް، އެމިލިއާނޯ ބުއެންޑިއާ އަދި މޯގަން ރޮޖާސްގެ ލަނޑުތަކާއެކު ވިލާއިން މެޗު ޔަގީންކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ