ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް ހެރިޓޭޖު މިނިސްޓްރީން އެކަނިވެސް 4.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހެރިޓޭޖު މިނިސްޓަރު، ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކޮށް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް މާލެ ނޫން އެހެން އެއްވެސް ތަނެއްގައި ހަރަކާތްތައް އެ މިނިސްޓްރީން ހިންގާފައި ނުވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މި ވުޒާރާއިން ހިންގި ހަރަކާތްތަކަށް ޖުމުލަ ހަރަދުވެފައި ވަނީ 4.1 މިލިއަން ރުފިޔާ،" ހީނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޖުމްހޫރީ މައިދާން ވެސް 15 ދުވަހަށް ބަންދުކޮށް ވަރަށް ބޮޑަށް ޒީނަތްތެރިކުރި އެވެ. އޭގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ވެސް ސަރުކާރުން ބޮޑު ހަރަދެއް ކުރި އެވެ.
އެގޮތުން، މާލެ ސަރަހައްދު ވަށައިގެން އެކި ދިމަދިމާލުން ހަވާ އެރުވުމާއި ޑްރޯން ޝޯއެއް ކުރިއަށް ގެންދިޔުން ހިމެނެ އެވެ. ނަމަވެސް، އެ ޑްރޯން ޝޯ ބޭއްވުމާއި ހަވާ އެރުވުމުގެ ހަރަދު ކުރީ ހެރިޓޭޖު މިނިސްޓްރީއަކުން ނޫނެވެ.
މިނިވަން ދުވަސް ފާހަގަ ކުރުމަށް މިދިޔަ އަހަރު 4.1 މިލިއަން ރުފިޔާ ހަރަދުކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ