ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓު ނެރެފި

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން މި އެލާޓު ނެރެފައިވަނީ ގާފު އަލިފު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ސަރަހައްދަށް ޔެލޯ އެލާޓު ނެރެފައިވަނީ މިއަދު ފަތިހު 4:15 އިން ފެށިގެން ހެނދުނު 8:15 އަށެވެ.
މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ރޭ އިރާކޮޅުން ފެށިގެން އެ ސަރަހައްދުގެ ބައެއް ރަށްތަކަށް ދަނީ މެދުނުކެނޑި ބޯކޮށް ވާރޭ ވެހެމުންނެވެ.
ޔެލޯ އެލާޓަކީ މޫސުމީ ހާލަތުގެ ސަބަބުން އާންމު ދިރިއުޅުމަށް ބުރޫއަރައި، ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެތީ އިތުރަށް ސަމާލުވުމަށް ދޭ އިންޒާރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ