އޯޕަންއޭއައިގެ އޭއައި މޮޑެލްތަކެއް އަމިއްލައަށް ހެކްކޮށް، ލޮގިން މައުލޫމާތު ވަގަށް ނަގައިފި

އޯޕަންއޭއައިގެ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްތަކެއް، އަމިއްލައަށް އެހެން ޓެކްނޮލޮޖީ ކުންފުންޏެއްގެ ސިސްޓަމަށް ވަދެ، ލޮގިން ކްރެޑެންޝިއަލްސް ވަގަށް ނަގައި ހެކްކޮށްފި އެވެ.
މިއީ އޭއައި ސިސްޓަމްތަކުން އިންސާނެއްގެ އެހީއާ ނުލައި އަމިއްލައަށް އިސްނަގައިގެން ހިންގި މިފަދަ ފުރަތަމަ ނުރައްކާތެރި ހާދިސާ ކަމަށް މާހިރުން ބުނެއެވެ.
Enterprise Development Industrial Pvt Ltd
MU STORE
Yes Maldives Pvt Ltd
MU STORE
އޯޕަންއޭއައި އިން ބުނި ގޮތުގައި، އިންޓަނެޓް އެކްސެސް ނުލިބޭ ގޮތަށް ހުރި "ސޭންޑްބޮކްސް" އެންވަޔަރަންމަންޓަކުން ދެ މޮޑެލެއް ބޭރުވެ، މަޝްހޫރު އޭއައި ޕްލެޓްފޯމެއް ކަމަށްވާ 'ހަގިން ފޭސް' ގެ ސާވަރުތައް ހެކްކުރި އެވެ.
މިކަމުގައި ބައިވެރިވެފައިވަނީ އޯޕަންއޭއައިގެ GPT-5.6 Sol މޮޑެލްގެ އިތުރުން، އާންމުކޮށް އަދި ނެރެފައިނުވާ، މިއަށްވުރެ ބާރުގަދަ މޮޑެލެކެވެ.
މި ހާދިސާ ހިނގާފައިވަނީ މޮޑެލްތަކުގެ ސައިބަ ސެކިއުރިޓީ ގާބިލުކަން ވަޒަންކުރުމަށްޓަކައި، އާންމުކޮށް ބޭނުންކުރާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުނިކޮށްގެން ހިންގި ޓެސްޓެއްގަ އެވެ. އެ ޓެސްޓުން މަތީ ނަތީޖާއެއް ހޯދުމަށްޓަކައި، މޮޑެލްތަކުން ވަނީ "އެކްސްޓްރީމް" މިންވަރަކަށް ގޮސް ހަގިން ފޭސްގެ ސާވަރުތަކުގައި ހުރި ސިއްރު މައުލޫމާތުތައް ހޯދައި އޮޅުވާލަން މަސައްކަތްކޮށްފަ އެވެ.
"އަޅުގަނޑުމެންގެ މޮޑެލްތައް އިވެލުއޭޓް ކުރުމުގެ ތެރޭގައި ސެކިއުރިޓީގެ ބޮޑު ހާދިސާއެއް ވަނީ ހިނގާފައި. މި ހާދިސާއިން ދަސްވި އެންމެ ބޮޑު ފިލާވަޅަކީ، އޭއައިގެ ގާބިލުކަން އިތުރުވަމުންދާ މިންވަރަށް މޮޑެލްތަކުގެ ސެކިއުރިޓީއާއި ރައްކާތެރިކަންވެސް ވަރުގަދަކުރަންޖެހޭކަން،" އޯޕަން އޭއައިގެ ސީއީއޯ ސޭމް ވިދާޅުވި އެވެ.
ހަގިން ފޭސްގެ ސީއީއޯ ކްލެމެންޓް ދެލާންގް ވިދާޅުވީ، މިއީ މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާކުރެވިފައިނުވާ ފަދަ އަމިއްލައަށް ހަރަކާތްތެރިވި އޭއައި ސިސްޓަމަކުން ދިން ހަމަލާއެއް ކަމަށެވެ. ނަމަވެސް އޯޕަންއޭއައިގެ ފަރާތުން ގޯސް ނިޔަތެއް އޮތްކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ސައިބަ ސެކިއުރިޓީ މާހިރުން އޭއައި ސިސްޓަމްތަކުގެ ނުރައްކަލާމެދު އިންޒާރު ދެމުންދިޔައީ ތިއަރީގެ ގޮތުންނެވެ. ނަމަވެސް މި ހާދިސާއަކީ އޭއައި ސިސްޓަމްތަކުން އަމިއްލައަށް ނުރައްކާތެރި ހެކްކުރުމުގެ ހަމަލާތައް ދީ، މައުލޫމާތު ވަގަށް ނެގުމުގެ ގާބިލުކަން ލިބިފައިވާކަން ސާބިތުކޮށްދިން ކަމެކެވެ. 
އޯޕަންއޭއައިގެ ވާދަވެރި އެންތްރޮޕިކް އަދި ކްލޯޑުގެ  މޮޑެލްވެސް ސޭންޑްބޮކްސްއިން ބޭރުވެ، އިންޓަނެޓްގެ ހިދުމަތް ހޯދައި، ސުޕަވައިޒަރަށް އީމެއިލް ކުރުމަށްފަހު އޭގެ ހެކިތައް ފޮހެލި ހާދިސާއެއްވެސް ވަނީ ހިނގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ