ފަތުރުވެރިކަމުގެ ބޭނުމަށްޓަކައި އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞުން ސަވާހެލި ވަކިކުރައްވައި، އެ ސިޓީގެ އިޚްތިޞާޞަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެކެވެ. ސަވާހެލި އައްޑޫގެ އިޚްތިޞާސުން ވަކިކުރެއްވީ އެތަން ފަތުރުވެރިކަމުގެ މަޝްރޫޢުތަކަށް ބޭނުންކުރުމުގެ މަޤްޞަދުގައެވެ.
އިޚްތިޞާޞަށް ގެނައި މި ބަދަލުތައް ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މިއާއެކު އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ސަވާހެލި ވަނީ ވަކިކުރެވިފައެވެ.
އައްޑޫގެ އިޚްތިޞާސުން ސަވާހެލި ވަކިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ