ރައްޔިތުންގެ މަޖިލީހުގެ އިލެކްޓްރޯނިކް ޕެޓިޝަން ނިޒާމު ތައާރަފުކޮށްފި ރައްޔިތުންގެ މަޖިލީހުގެ އިލެކްޓްރޯނިކް ޕެޓިޝަން ނިޒާމު ތައާރަފުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެދުވެރިނުކޮށް މަޖިލީހަށް ޕެޓިޝަން ހުށަހެޅޭނެ އިލެކްޓްރޯނިކް ނިޒާމެއް ތައާރަފުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ އެ ނިޒާމު މެދުވެރިކޮށް ރައްޔިތުންނަށް ޕެޓިޝަން ހުށަހެޅުމާއި މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މަސައްކަތް ކުރިއަށް ދާގޮތް އެ ނިޒާމު މެދުވެރިކޮށް ރައްޔިތުންނަށް ހޯދޭނެ ކަމަށެވެ. އެ ޕޯޓަލްގައި ސޮއިކުރުމާއި ސޮއިކުރާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރާނީ އީ ފާސް މެދުވެރިކޮށް ކަމަށް މަޖިލީހުން ބުންޏެވެ.
އެ ޕޯޓަލް ފަރުމާ ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސްއާ ގުޅިގެން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކު އެވެ.
އެ ނިޒާމު ތައާރަފު ކޮށްފައި ވަނީ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމާ ހަމައިން އެ ޕެޓިޝަނަކަށް ގޮތް ނިންމުމާ ހަމައަށް، އެ ޕެޓިޝަންގެ މަސައްކަތްތައް މަޖިލީހުގައި ކުރިއަށް ދާގޮތް އެ ޕެޓިޝަންގައި ސޮއިކުރި ހުރިހާ ފަރާތްތަކަށް އެނގޭނެ ގޮތަށެވެ.
އިލެކްޓްރޯނިކް ޕެޓިޝަންގެ މަސައްކަތަކީ އަންހެނުންނާއި ޒުވާނުން އަދި މަދަނީ ޖަމިއްޔާތަކާއެކު ކުރެވުނު މަޝްވަރާތަކަކަށްފަހު 2023، ގައި ޔޫއެންޑީޕީ އާއި ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ސިޔާސަތު ކުރުދާހެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ.
އީ-ޕެޓިޝަންގެ މި މަސައްކަތަކީ، އަންހެނުންނާއި، ޒުވާނުން އަދި މަދަނީ ޖަމްޢިއްޔާތަކާ އެކު ކުރެވުނު މަޝްވަރާތަކަކަށް ފަހު، 2023 ވަނަ އަހަރު ޔޫ.އެން.ޑީ.ޕީ އާއި ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ސިޔާސަތު ކަރުދާހެއްގެ މައްޗަށް ބިނާކޮށް ކުރިއަށްގެންގޮސްފައިވާ މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ