ވަރުގަދަ ކުރިމަތިލުމަކަށްފަހު ރާއްޖެއާއި ނޭޕާލަށް ހަމަހަމަ ނިމުމެއް

ރާއްޖޭގައި މިހާރު ކުރިއަަށްދާ ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފަހު މެޗުގައި ގްރޫޕުގެ އެއްވަނައިގައި އޮތް ނޭޕާލާ އެއްވަރުކޮށްފިއެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު މެޗެވެ. ނޭޕާލު ވަނީ ގްރޫޕުގައި ކުޅުނު ދެ މެޗުން މޮޅުވެފައެވެ. އަދި އެ ޓީމަކީ މި ގްރޫޕުގެ އެއްވަނަ ޓީމެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ލަންކާ އަތުން ބަލިވިއިރު ދެވަނަ މެޗުގައި ބޫޓާން އަތުން ވަނީ އެއްވަރުވެފައެވެ. ރާއްޖެއިން މެޗު ފެށީ ފުރަތަމަ ދެ މެޗާއި ހިލާފަށް ވަރުގަދަކޮށެވެ. އެގޮތުން ޑިފެންސްލައިނުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރީތި ޕާސިން ގޭމެއް ރާއްޖެއިން ވަނީ ކުޅެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ރާއްޖޭގެ ކެޕްޓަން އިލާން އިމްރާން ވަނީ ރާއްޖެއަށް ލީޑު ނަގައިދީފައެވެ. މިއީ އޭރިއާ ތެރެއިން ހަމަޖެހިލުމަށްފަހު ފޮނުވާލި ބާރު ބޯޅައިން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އެއާއެކު މިއީ މި މުބާރާތުގައި އިލާާންގެ ތިންވަނަ ލަނޑެވެ. އޭނާ ވަނީ ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ލަންކާ ކޮޅަށް ދެ ލަނޑު ޖަހާފައެވެ. މެޗުގެ ދެވަނަ ހާފު ރާއްޖެއިން ފެށީވެސް ވަރުގަދަކޮށެވެ. އެގޮތުން ފުރަތަމަ ހާފުގައި ދިވެހި ޓީމުން ކުޅުނު ގޭމު ދެވަނަ ހާފުގައިވެސް ފެނިގެންދިޔައެވެ. މެޗުގެ 80 ވަނ މިނެޓުގައި އޭރިއާ ތެރެއަށް އާޔަން ނަގައިދިން ހުރަހަކުން އިލާނަށް ވަނީ އިތުރު ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް އިލާން ބޮލުން ނޭޕާލުން މެެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 86 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ އަރިމަތިން ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކުރި ލަނޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ