މަގުބޫލު ލިޔުންތައް ގޮއިދޫގައި ކެންސަރު ގިނަވާ ސަބަބު ބަލަން ފަށައިފި އެތެރެއަށް ތޮރުފިގެން ވަދެ، އީރާނުގެ ވެރިކަމުގެ އެތެރެ ކޮއިލު ފަނާކޮށްލިގޮތް އައްޑޫ ބުރިޖުގެ ކޮންސެޕްޓް ޑިޒައިން ނިމި ރިވިއުކުރުމުގެ މަސައްކަތް ފަށައިފި އޭއޯ ރޯދައިގެ ބަދިގެ: މޮންގޯލިއަ

ގިރާވަރުފަޅު ހިއްކައި ނިމުމާއެކު ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، އެ ތަންތަނުގައި ވަށާފާރު ރޭނުމުގެ ހުއްދަ ދޭން ފަށާނެ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބިން ހިއްކައި ނިންމައި، ސާވޭކުރުމަށްފަހު ގޯތިތައް ހަވާލުކުރުން ކަމަށެވެ. ގިރާވަރުފަޅުން ގޯތި ދޭން ކުރިން ހަދާފައި އޮތް ލޭންޑް ޔޫޒް ޕްލޭނަކީ މީހުން އުޅޭ ސިޓީއަކަށް އެންމެ ރަނގަޅު ޕްލޭން ނޫން ކަމަށް ވިޔަސް، މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މީހުންނަށް އަވަހަށް ބިން ދޫކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެން ހަމަ ބިން ހިއްކައި ނިމޭއިރަށް ރަޖިސްޓްރީ މަސައްކަތް ފަށާނަން. އޭގެ ފަހުން ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގާ އަދި މަގު ހެދުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށޭތޯ މަސައްކަތް ކުރާނަން،” މިނިސްޓަރު ވިދާޅުވިއެވެ. އަދި ބިން ހަވާލުކޮށް ނިމޭވަރަކުން، އެ ބިންތަކުގައި ވަށާފާރު ރޭނުމާއި އެހެނިހެން ކަންކަން ކުރުމަށް ބޭނުންވާ ހުއްދަތައް ސަރުކާރުން ދޫކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު ފެށި ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ވަރަށް ބާރު ސްޕީޑުގައެވެ. މިގޮތުން ބޮޑު ދެ ޑްރެޖަރު ކަމަށްވާ 35،000 ކިއުބިކް މީޓަރުގެ “ކުއީން އޮފް ދަ ނެދަލޭންޑްސް” އާއި 22،000 ކިއުބިކް މީޓަރުގެ “އޮރެންޖް” ބޭނުންކޮށްގެން ބިން ހިއްކަމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ދާދި ފަހުން އެ ސަރަހައްދަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ