ރަމަޟާން މަހުގެ ފަހު ދިހައެއްގައި އެޗްޑީސީގެ ކަސްޓަމާ ކެއާ ހުޅުވިފައި ހުންނާނެ ގަޑިތައް އާންމުކޮށްފި އެވެ.
އެޗްޑީސީ އިން އިއްޔެ ކުރި އިއުލާނުގައި ވަނީ، މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ސެންޓްރޯ އަދި ވިނަރެސްގައި ހުރި އެ ކޯޕަރޭޝަންގެ ކަސްޓަމާ ކެއާ ހުޅުވިފައި ހުންނަ ގަޑިތައް އާއްމުކޮށްފައެވެ.
އެގޮތުން އޭގައިވާގޮތުން، ކަސްޓަމާކެއާ ހުޅުވިފައި ހުންނާނީ، ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ.
ރޯދަމަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް އޮފީހުން ވަނީ ކަނޑައަޅާފަ އެވެ.
ފަހު ދިހައެއްގައި އެޗްޑީސީގެ ކަސްޓަމާ ކެއާ ހުޅުވާ ގަޑިތައް އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ