ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގައި އީފާސް ބޭނުންކުރަން އިލެކްޝަންސް ކޮމިޝަނުން (އީސީ) ނިންމީ ސަރުކާރުގެ ނުފޫޒުންކަން ހާމަވިކަން އިއްޔެ ރިޕޯޓުކުރި އެވެ.
ހޮނިހިރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ޕީއެންސީން ބޭއްވި ޕީއެންސީގެ ކެމްޕޭން ހަރަކާތުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އީފާސް މެދުވެރިކޮށް މެންބަރުން ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު އީސީން ހަމަޖެއްސީ ސަރުކާރުން އެކަމަށް އެދިގެން ކަމަށެވެ.
"އަޅުގަނޑުމެން އެދިގެން އަޅުގަނޑުމެން ހުށަހަޅައިގެން އީސީން ނިންމީ އީފާސް މެދުވެރިކޮށް ވަރަށް ޓްރާންސްޕޭރެންޓުކޮށް ޕާޓީތަކަށް މެންބަރުން ވެއްދޭ ގޮތް ހަދަން،" މުއިއްޒު ވިދާޅުވިއެވެ.
އެއީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގައި އެއްވެސް އިލްޒާމެއް އެޅުވުމުގެ ފުރުސަތު ދޭން ބޭނުންނުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން ހުށަހެޅި ބަދަލު އީސީން ގެނައުމުން އެކަމަށް މުއިއްޒު އެ ކޮމިޝަނަށް ޝުކުރު ވެސް އަދާކުރެއްވި އެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރު ނޮވެމްބަރު 17، 2023 ގައި ފެށިއިރު ޕީއެންސީގައި ތިބީ އެންމެ 3،000 މެންބަރުންނެވެ. ނަމަވެސް މިހާރު އެ ޕާޓީގެ މެންބަރުންގެ އަދަދު 75,000 އަށް އަރާފައިވާ ކަމަށާއި، އަމާޒަކީ އެ އަދަދު އެއް ލައްކައަށް އިތުރުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހުލާސާކޮށް އިއްޔެ: އީސީއަށް ސަރުކާރުގެ ނުފޫޒު ހުލާސާކޮށް އިއްޔެ: އީސީއަށް ސަރުކާރުގެ ނުފޫޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ