ފަސް އަހަރު ތެރޭ ދައުލަތުގެ ދަރަނި ދެގުނަވެއްޖެ މަގުބޫލު ލިޔުންތައް ފެނަކަ ހުޅުދޫމީދޫ ބްރާންޗުގެ ޑިރެކްޓަރަކަށް ސައީދާ މުތީއު އައްޔަންކޮށްފި އައްޑޫ ބުރިޖުގެ ކޮންސެޕްޓް ޑިޒައިން ނިމި ރިވިއުކުރުމުގެ މަސައްކަތް ފަށައިފި އޭއޯ ރޯދައިގެ ބަދިގެ: މޮންގޯލިއަން ރައ

ދިވެހި ސަރުކާރުން މި މަހުގެ ނިޔަލަށް ދައްކަން ޖެހިފައި އޮތް 100 މިލިއަން ޑޮލަރުގެ ބޮންޑެއް ކާމިޔާބުކަމާ އެކު ރޯލްއޯވާ ކޮށްފިއެވެ. މިއީ އަބޫދާބީ ފަންޑަށް ދައްކަން ޖެހޭ ބޮންޑަކަށްވާއިރު، މި ފައިސާ ދެއްކުން ފަސްކުރެވުމަކީ ރާއްޖޭގެ އިގުތިސާދަށް އަދި މާލިއްޔަތަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
މި ބޮންޑު ރޯލްއޯވާ ކުރުމުގެ އިތުރުން، ދައުލަތުގެ ދަރަނި ކުޑަކުރުމަށް ސަރުކާރުން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން 2021 ވަނަ އަހަރު އިންޓަނޭޝަނަލް ބާޒާރަށް ދޫކޮށްފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކަށް ދައްކަންޖެހޭ 52.68 މިލިއަން ޑޮލަރު ވެސް ދާދި ފަހުން ވަނީ ދައްކައި ހަލާސްކޮށްފައެވެ. މިއާ އެކު ދައުލަތުގެ ޖުމްލަ ދަރަނި ކުޑަވެގެންދާނެއެވެ.
ދަރަނި މެނޭޖުކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކާ އެކު، ދައުލަތުގެ މާލީ ހާލަތު ދަނީ ރަނގަޅުވަމުންނެވެ. އެގޮތުން ދަރަނި އަދާކުރުމަށް އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ބޭރު ފައިސާ ޖަމާކުރަން ފަށައި، އެ ފަންޑުގައި ހުރި ބޭރު ފައިސާގެ އަދަދު ފުރަތަމަ ފަހަރަށް ވަނީ 350 މިލިއަން ޑޮލަރަށް ވުރެ އިތުރުވެފައެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒާވް ވެސް ވަނީ މާޗު މަސް ނިމުނު އިރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާ އެކު، ރާއްޖޭގެ މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ދައުލަތުގެ މާލިއްޔާ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމެވެ. އަބޫދާބީ ފަންޑުގެ ބޮންޑު ރޯލްއޯވާ ކުރެވުމަކީ، ރައްޔިތުންނަށް ދޭ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށާއި، އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ސަރުކާރުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ