މޯބައިލް އެޕްތަކުގައި އެކްސްއަށްވުރެ ތްރެޑްސްގެ މަގުބޫލުކަން އިތުރުވެއްޖެ

މޯބައިލް ފޯނުތަކުގައި ބޭނުންކުރާ ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން، އެލޮން މަސްކްގެ 'އެކްސް' (ކުރީގެ ޓްވިޓާ) އަށް ވުރެ މެޓާގެ 'ތްރެޑްސް' މިހާރު މާ ބޮޑަށް ވެސް މަގުބޫލުވެފައިވާ ކަމަށް އާ ރިޕޯޓްތަކުން ދައްކައިފިއެވެ. އެނަލިޓިކްސް ކުންފުންޏެއް ކަމަށްވާ 'ސިމިލަވެބް' އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކުގައި ތްރެޑްސް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ވަނީ 141.5 މިލިއަނަށް އަރާފައެވެ. މިއާ ޚިލާފަށް އެކްސްގެ މޯބައިލް އެޕް ބޭނުންކުރަނީ 125 މިލިއަން މީހުންނެވެ. އެނަލިޓިކްސް ކުންފުންޏެއް ކަމަށްވާ 'ސިމިލަވެބް' އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް --- ނަމަވެސް، ވެބް ބްރައުޒާތަކުން ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންގެ ތެރޭގައި އަދިވެސް އެންމެ ބޮޑު ރަސްކަމެއް ކުރަމުން އަންނަނީ އެކްސްއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހިސާބުތަކަށް ބަލާއިރު، އެކްސްގެ ވެބްސައިޓް ބޭނުންކުރާ މީހުންގެ އަދަދު 140.7 މިލިއަނަށް އަރާއިރު، ތްރެޑްސްގެ ވެބްސައިޓް ބޭނުންކުރަނީ އެންމެ 7.7 މިލިއަން މީހުންނެވެ. ތްރެޑްސްގެ މި ބޮޑު ކުރިއެރުމުގެ ފަހަތުގައި މެޓާގެ މަގުބޫލު އެޕް 'އިންސްޓަގްރާމް' ގެ ދައުރު ބޮޑެވެ. އިންސްޓަގްރާމްގެ ބޭނުންކުރާ މީހުން ތްރެޑްސްއަށް ވެެއްދުމަށާއި، ދެ ޕްލެޓްފޯމް ގުޅުވާލުމަށް މެޓާއިން ކުރާ މަސައްކަތުގެ ސަބަބުން ތްރެޑްސްގެ ބޭނުންކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކްސްގެ މަގުބޫލުކަން ދަށަށް ދިއުމަށް ދިމާވި އަނެއް ސަބަބަކީ، އެ ޕްލެޓްފޯމްގެ ބެލެނިވެރި ކުންފުނިން ހިންގާ އޭއައި ޗެޓްބޮޓަކުން، ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ ބައެއްގެ ބަރަހަނާ ފޮޓޯތަކެއް އުފެއްދި މައްސަލައެވެ. މި ހާދިސާއާ ގުޅިގެން އެކްސްއާ ވާދަވެރި 'ބްލޫސްކައި' ފަދަ އެޕްތައް ޑައުންލޯޑްކުރާ މިންވަރު ވެސް ވަނީ 50 އިންސައްތަ އިތުރުވެފައެވެ. ކޮންމެއަކަސް، 2023 ވަނަ އަހަރު ތްރެޑްސް ތައާރަފްކުރިއިރު އެއީ އެކްސްއަށް އޮތް ބިރެއް ކަމަށް ބެލެވުނު ނަމަވެސް، މިހާރު ފެންނަމުންދާ ހިސާބުތަކުން ހާމަވަނީ ތްރެޑްސްއަކީ މޯބައިލް ދުނިޔޭގައި އެކްސް ބަލިކުރަމުންދާ ވަރުގަދަ ބައިވެރިއެއް ކަމެވެ. މެޓާ ކުންފުނިން 'ތްރެޑްސް' ތައާރަފްކުރީ 2023 ވަނަ އަހަރުގެ ޖުލައި މަހު، އެލޮން މަސްކް 'އެކްސް' (ކުރީގެ ޓްވިޓާ) ބައްލަވައިގަތުމަށްފަހު އެ ޕްލެޓްފޯމަށް ގެންނަމުންދިޔަ ބޮޑު ބަދަލުތަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެކްސްއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އިންސްޓަގްރާމާ ގުޅުވާލައިގެން އުފެއްދި މި އެޕަކީ، ކުރު މެސެޖުތައް ނުވަތަ 'މައިކްރޯބްލޮގް' ކުރުމަށް އެކްސްއާ ވާދަވެރި ޕްލެޓްފޯމެއްގެ ގޮތުގައި ތައާރަފްކުރި އެޕެކެވެ. ތްރެޑްސް ފެށުނު ދުވަސްކޮޅު ރެކޯޑް މިންވަރަކަށް މީހުން ގުޅުނު ނަމަވެސް، އެޕްގައި ހިމެނޭ ފީޗާތައް މަދުވުމުގެ ސަބަބުން ފަހުން އޭގެ މަގުބޫލުކަން ކުޑަވެދާނެ ކަމަށް މާހިރުން ލަފާކުރިއެވެ. ނަމަވެސް، ފާއިތުވި އަހަރެއްހާ ދުވަހު މެޓާއިން ވަނީ ތްރެޑްސްއަށް ގިނަ ފީޗާތަކެއް އިތުރުކޮށް، އިންސްޓަގްރާމްގެ ބޮޑު ނެޓްވޯކްގެ ބޭނުން ހިފައިގެން އެކްސްގެ މާކެޓް ހިއްސާ ހޯދުމަށް ވަރުގަދަ މަސައްކަތްތަކެއް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ