އެމްޑީޕީގެ މަސްލަހަތު ގެއްލޭގޮތަށް ވާހަކަދައްކާތީ ހިތާމަކުރައްވާ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުން ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ މާލޭގައި އެމްޑީޕީން ބާއްވާ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ނުދޭން ނިންމުމުން ޕާޓީގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ.
އެކަމާ ގުޅިގެން ގަޕޯ ވިދާޅުވީ ރޭގެ ޖަލްސާގެ އެޖެންޑާގައި ހަމަޖެހިފައި އޮތީ ޕާޓީގެ ރައީސް އާއި ޕާޓީގެ ޗެއާޕާސަން އާއި ސިޓީތަކުގެ މޭޔަރުންނާއި ޑަބްލިއުޑީސީގެ ރައީސުންނާއި ކެމްޕެއިން ކޮމިޓީގެ މެނޭޖަރާއި ރިފަރަންޑަމް ކޮމިޓީގެ ޗެއާ ވާހަކަ ދައްކާ ގޮތަށް ކަމަށެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ކަމަށާއި އެބޭފުޅުންނަށް އެ ފުރުސަތު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދަނިކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ފެތުރި ވާހަކަތަކާ ގުޅިގެން ހިތާމަކުރައްވާ ކަމަށް ގަޕޯ ވިދާޅުވި އެވެ.
"އުންމީދު ކުރަނީ މި ކާމިޔާބީއާ އެކު، ބަދަހިކޮށް މި ޕާޓީ ބޭއްވުމަށް ތިޔަ އެންމެހާ މެންބަރުން އެއްބާރުލުން ދެއްވާނެ ކަމަށް،" ގަޕޯ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ނަޝީދުގެ ނުރަސްމީ އެކައުންޓު، "މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ "މި އުފާވެރި ރޭ، ވަރަށް ހިތްދަތިވެއްޖެ" ކަމަށެވެ.
އެމްޑީޕީގެ މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަދައްކާތީ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ