ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ދެވަނަ ހަފްތާގެ ނަސީބުވެރިން ހޮވައިފި އެވެ.
ވީ ކިހިނެއް؟ - ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާ ގުޅުވައިގެން ފަރުމާކުރި މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ ދިރާގުގެ ކަސްޓަމަރުންނަށް ރޯދަމަހަށް ތައްޔާރުވުމަށް ބޭނުންތެރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ތަފްސީލް - މި ޕްރޮމޯޝަންގެ ދެވަނަ ހަފުތާގައި ގުރުއަތުން ހޮވުނު ނަސީބުވެރިންނަށް ވިލާ މާޓުގެ 5،000ރ.ގެ ޝޮޕިން ވައުޗަރު ވަނީ ހަދިޔާކޮށްފަ އެވެ.
މި ވައުޗަރުތައް ހާސިލުކުރި ނަސީބުވެރިންނަކީ:
27 ޖެނުއަރީ - މުހައްމަދު ތޮލާލް
28 ޖެނުއަރީ - މޫސާ ނަސްރު
29 ޖެނުއަރީ - މަރިޔަމް ޝިފްލީން އިސްމާއިލް
30 ޖެނުއަރީ - މޫސާ ފަހުމީ
31 ޖެނުއަރީ - ޒިޔާދު މޫސާ
1 ޖެނުއަރީ - އަހްމަދު ޔޫސައު
2 ޖެނުއަރީ - ހުސައިން މާހިދު
މި ޕްރޮމޯޝަނުގެ ދަށުން:
ޖުމްލަ 21 ނަސީބުވެރި ފަރާތަކަށް 5،000ރ.ގެ ވައުޗަރު ހޯދުމުގެ ފުރުސަތު ލިބުނު
މީގެ އިތުރުން، ކޮންމެ ހަފުތާއަކު ހޮވުނު ނަސީބުވެރިއަކަށް 1 މިނެޓުގެ ތެރޭގައި ހިލޭ ބާޒާރުކުރުމުގެ ފުރުސަތު ވެސް ލިބުނު
މިދިޔަ މަހުގެ 20 އިން މި މަހުގެ 9ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 50ރ. އިން ފެށިގެން މަތީގެ އެޑް-އޮންއެއް އެކްޓިވޭޓްކޮށްގެން އަދި ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެޑް-އޮންއެއް ނުވަތަ ބޫސްޓަރެއް އެކްޓިވޭޓްކޯށްގެން ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ.
މީގެ އިތުރުން، ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަނުގައި ބައިވެރިވި ކަސްޓަމަރުންނާއި ދިރާގު x އައިސިކް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި ޕްރޮމޯޝަންގެ މުއްދަތުގައި އެއްވެސް ވެލިއު އެޑެޑް ސާވިސްއަކަށް ސަބްސްކްރިޕްޝަނެއް އެކްޓިވޭޓްކުރި ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ.
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަން: ވިލާ މާޓުގެ 5،000ރ.ގެ ވައުޗަރު ނަސީބުވެރިންނަށް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ