ރަސްމާލެ ސައިޓް އޭގެ 116 ހެކްޓަރުގެ ބިން ހިއްކައިފި

ރަސްމާލެ ސައިޓް އޭ އިން 116 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް، ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ ހަލުވި ކޮށް ފެށީ، މިދިޔަ ޑިސެމްބަރު މަހު އެވެ.އެމްއޭސީއެލް އިން މިއަދު ބުނީ ރަސްމާލެ ސައިޓް އޭ ގެ 116 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާއިރު، އެއީ މުޅި މަޝްރޫއަށް ބަލާއިރު، ބިން ހިއްކުމުގެ ގާތްގަނޑަކަށް 84 އިންސައްތަ ކަމަށެވެ.ރަސްމާލެ ހިއްްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ މުޅި ދުނިޔޭއިންވެސް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކްރިސްޓޯބަލް ކޮލޯން" ޑްރެޖަރު ބޭނުންކޮށްގެންނެވެ.ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިއާ ކަނޑުގައި ތަރައްގީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީއަށެވެ. މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތައާރަފްވެގެންދާނެ މަޝްރޫއެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.ރަސްމާލެ ހިއްކުމުން، ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލުމުން ވާވަރުގެ ތިން ގުނަ ބިން ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. އަދި އެތަނުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމުކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ