އަންހެން ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދެ ފިރިހެނަކު ހައްޔަރުކޮށްފި

އަންހެން ކުޑަކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ. 
ވީކިހިނެއް؟ - އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
ތަފްސީލް - ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވާ 15 އަހަރުގެ އަންހެން ކުއްޖަކަށެވެ. ކުޑަކުއްޖަކަށްވާތީ ކުއްޖާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
މި މައްސަލާގައި ހައްޔަރުކުރީ:
މުހައްމަދު އިހްސާން، 21، ކަސްތޫރިގެ/ ހދ. ކުޅުދުއްފުށި
އަލީ ހަސަން، 44، ސިލްވާސްޓާ/ ހދ. ކުޅުދުއްފުށި
އޭގެ ތެރެއިން އިހުސާން ހައްޔަރުކުރީ މިދިޔަ 3 ފެބްރުއަރީގަ އެވެ. އަދި ކޯޓުން އޭނާއަށް ޖެހި ބަންދުގެ މުއްދަތު ހަމަވާނީ އަންނަ 6 މާޗުގައި ކަމަށް ފުލުހުން ބުންޏެވެ.
އަލީ ހަސަން ހައްޔަރުކޮށްފައި ވަނީ މިދިޔަ 24 ޑިސެމްބަރުގަ އެވެ. އޭނާގެ ބަންދު ހަމަވާނީ އަންނަ 1 މާޗުގައި ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ