ހދ.ކުޅުދުއްފުށީގައި ކުޑަ އަންހެން ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ސިލްވަރސްޓަރ، އަލީ ޙަސަން (44އ) އާއި ހަމަ އެރަށު ކަސްތޫރިގެ، މުޙައްމަދު އިޙްސާން (21އ) އެވެ. މި ދެ މީހުން ޖިންސީ ގޯނާ ކޮށްފައިވަނީ 15 އަހަރުގެ އަންހެން ކުއްޖަކަށެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.
މީގެ ތެރެއިން އަލީ ޙަސަން ހައްޔަރުކޮށްފައިވަނީ ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހުއެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ އަންނަ މާޗްމަހުގެ އެއްވަނަ ދުވަހުއެވެ.
މުޙައްމަދު އިޙްސާން ހައްޔަރުކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހު އެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ދީފައިވާ މުއްދަތު ހަމަވާނީ އަންނަ މަހުގެ 6 ވަނަ ދުވަހަށެވެ.
ފުލުހުން ބުނީ ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ.. މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.
ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާކޮށްގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ