ވަގުތީ ނަތީޖާ: ފުވައްމުލަކު މޭޔަރުގެ ގޮނޑި އިސްމާއިލް ރަފީގު ދިފާއުކުރައްވައިފި

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ފުވައްމުލަކު މޭޔަރުގެ ގޮނޑި، މިހާރުގެ ވެސް މޭޔަރު އިސްމާއިލް ރަފީގު ދިފާއު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފުވައްމުލަކު މޭޔަރުގެ ގޮނޑިއަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ކުރީގައި އުޅުއްވަނީ އިދިކޮޅު އެމްޑީޕީން ވާދަކުރެއްވި އިސްމާއިލް ރަފީގެވެ.
ތަފްސީލް - މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، %68އާ އެކު އިސްމާއިލް ރަފީގަށް 1،738 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ.
ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓު އަލީ މަސީހަށް ލިބިވަޑައިގަތީ %31.9 އެވެ. އެއީ މިހާތަނަށް ލިބިފައިވާ ނަތީޖާއިން ދައްކާ ގޮތުން 813 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ