ސަރުކާރުން ލަސްނުކޮށް ރައްޔިތުންގެ އަޑުއަހަން ގޮވާލައިފި

ސަރުކާރުން ލަސްނުކޮށް ރައްޔިތުންގެ އަޑުއަހަން ކުރީގެ ރައީސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެެ އެވެ.
މިއަދު ބޭއްވި އިންތިހާބުތަކުން އެމްޑީޕީން ހޯދި ކާމިޔާބީއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބޫ ވިދާޅުވީ ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފައި ކަމަށާއި ރައްޔިތުން މިއަދު އެބުނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިއްޖެ ވާހަކަ ކަމަށެވެ. އަދި ސަރުކާރުން ލަސްނުކޮށް ކުރަންވީ ކަމަކީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން އެދޭގޮތަށް ސިޔާސަތުތަކަށް ބަދަލު ގެނައުން ކަމަށް އިބޫ ވިދާޅުވި އެވެ.
މަރުހަބާ އެމްޑީޕީގެ (@MDPSecretariat) އިންތިޚާބީ މޭޔަރުން، ކައުންސިލު ރައީސުންް، ޑަބްލިއު ޑީސީ ގެ ރައީސުން އަދި އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުން. ވަރަށް ބޮޑަށް ޝުކުރިއްޔާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް.
ރައްޔިތުން މިއަދު މިވަނީ…
— Ibrahim Mohamed Solih (@ibusolih) April 4, 2026
މިއަދު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމު ވެސް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކުރައްވާފަ އެވެ.
އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރު ވަނީ ބަލިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ