މި ސަރުކާރުން މިނިވަންކަން ގެއްލޭ ފަދަ ގިނަ އަމަލުތަކެއް ކޮށްފައިވާ ކަމުގެ ތުހުމަތު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ކުރައްވައިފިއެވެ.
ހދ. ފިނޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ގާސިމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭފަދަ އަމަލުތައް ސަރުކާރުން ކުރަމުންދާ ކަމަށާއި ގައުމު ދަރަނިވެރިވެ ގައުމުގެ ބައެއް ދޫކޮށްލަންޖެހޭ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށެވެ.
އެމްޑީޕީއަށް ދެ ފަހަރަށް އަދި ޕީޕީއެމަށް އެއް ފަހަރު ވެރިކަން ހޯދައިދިނުގެ ބުރަ މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް ދައުލަތަށްވީ ޚިޔާނާތްތެރިކަން ކަމަށެވެ.
މި ސަރުކާރުން ގައުމުގެ ކަރާމާތާ މިނިވަންކަން ގެއްލިގެންދާ ފަދަ އަމަލުތަކެއް ކޮށްފައިވާ ކަމުގެ ތުހުމަތު ކުރައްވާ ގާސިމް ވަނީ ސަރުކާރުތަކަށް އެހީވަނީ ބޮޑެތި ފައިދާތަކެއް ނުހައްގުން ހޯދަން ނޫން ކަމަށެވެ.
އެމަނިކުފާނު މަސައްކަތް ކުރެއްވީ އިސްލާހީ އެޖެންޑާއާއިގެން ކުރިއަށް ދިޔުމަށް ކަމަށާއި ގައުމަށް އެ ވަގުތަކަށް އެންމެ ބޭނުން ޖެހިފައިވާ ގޮތް ބެލުމަށް ފަހުގައިކަން ގާސިމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ގާސިމް ވިދާޅުވީ ސަރުކާރުން ކެންޕެއިން ކުރަނީ ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން ކަމަށާއި އެކަމަކީ މުޑުދާރު އަމަލެއް ކަމަށެވެ.
މި ސަރުކާރުން މިނިވަންކަން ގެއްލޭ ފަދަ ގިނަ އަމަލުތަކެއް ކޮށްފައިވޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ