ބޭންކްތަކުން ކުރިމަތިކުރުވާ ދަތިތައް ނައްތާލުމަށާއި ކަނޑައަޅާފައިވާ ލޮމޮޓްތައް ވެސް ނައްތާލާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ.
ޤާސިމް މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސްކަމުން ފެށިގެން، ރައްޔިތުންނަށް ހެޔޮބަދަލުތަކެއް ގެނެސްދެއްވުމަށް އޭނާ ކުރެއްވި މަސައްކަތުގައި ދަތިއުނދަގޫ ހާލަތްތަކާއި ކުރިމަތިވިކަމަށް ވިދާޅުވެފައެވެ.
އަދި އިސްލާހީ މަސައްކަތުގައި އެމަނިކުފާނާއެކު ބައިވެރިވި ބައެއް ބޭފުޅުން މިއަދު ދުނިޔެ ދޫކުރައްވާފައިވާތީ އެބޭފުޅުންނަށް ހެޔޮ ރަޙްމަތްލެއްވުންއެދި ދުއާ ކުރެއްވިއެވެ. ގާސިމް ވިދާޅުވީ އިސްލާހީ މަސައްކަތުން ގެނައި ބަދަލުތައް މިހާރު ނެތިދިއުމުގެ ބިރު ކުރިމަތިވެފައިވާކަމަށެވެ.
އަދި އެ ހައްގުތައް ކަށަވަރުކޮށް އިސްލާހީ ހެޔޮބަދަލުތަކަށް އަލުން މަސައްކަތް ފަށަންޖެހިފައިވާ ކަމަށާއި ވެރިންގެ ހުދުމުހުތާރު ކަމުން ސަލާމަތްވުމަށް ރައްޔިތުން ސަމާލުވާންޖެހޭކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ބޭންކްތަކުގެ ހިދުމަތް ހޯދުމުގައި މިއަދު ކުރިމަތި ކޮށްފައިވާ ދަތިތައް އޭނާގެ ވެރިކަމެއްގައި ނައްތާލާނެކަމަށެވެ. އަދި ފައިސާ ނެގުމުގައި އާއި އެކިގޮތް ގޮތުން ކަނޑައަޅާފައި ހުރި ލިމިޓްތައް ނައްތާލާނެކަމަށް ގާސިމް ވައުދުވެވަޑައިގެންނެވިއެވެ. ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުގައި ފައިސާ ހިފަހައްޓާ ބޭންކުތަކުން ކުރިމަތިކުރުވާ ދަތިނައްތާލައި ހިދުމަތް ފަސޭހަ ނިޒާމެއް ގާއިމްކުރާނެކަމަށް ގާސިމް ވިދާޅުވިއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
ބޭންކުން ދުވާލަކަށް ނެގޭ ފައިސާގެ ލިމިޓު އުވާލާނަން – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ