އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދުގެ ދަރިފުޅު އަހުމަދު ނިޔާވެއްޖެ

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤްގެ ދަރިފުޅު އަހުމަދު ފުވާދު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު ފުވާދު ނިޔާވެފައިވަނީ މިއަދު ހެނދުނު އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލްގައެވެ.
އޭނާ ނިޔާވި އިރު ގެންދެވީ ކިޑްނީ އާއި ފުއްޕާމޭގެ ބައްޔަކަށް ބޭސް ފަރުވާ ކުރަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަހުމަދަކީ ގިނަ ދުވަސްތަކެއް ވަންދެން ސްރީލަންކާގައި ދިރިއުޅުއްވުމަށްފަހު 2020 ވަނަ އަހަރުގެ ޑިސެމްބަރުގައި މާލެއަށް ދިރިއުޅުން ބަދަލުކުރި މީހެކެވެ.
މިއުޒިކް ކުޅުމުގެ ދާއިރާއިންވެސް ފެނިގެންދިޔަ އަހުމަދުގެ ފާހަގަ ކޮށްލެވޭ އެއް ހުނަރަކީ ރާޒުވާއެވެ. އެ ދުވަސްވަރު މާލެ ބަދަލުވުމަށްފަހު އޭނާ ވަނީ ކުޑަކުދިންނަށް އޮންލައިންކޮށް ރާޒުވާ (ޗެސް) ކުލާސްތައްވެސް ނަގައިދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ