އެލްޖީއޭގެ ރައީސް ކަމަށް އުމަރު ނަސީރު އިންތިހާބުކޮށްފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑްގެ ރައީސް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އިންތިހާބުކޮށްފި އެވެ.
އެ މަގާމަށް އުމަރު އިންތިހާބު ކުރީ މިއަދު ބޭއްވި މި އަހަރުގެ އެބޯޑްގެ ތިން ވަނަ ބައްދަލުވުމުގައި މިއަދު ބައިވެރިވެ ވަޑައިގެންނެވި ހަތް މެންބަރުންގެ އިއްތިފާގުންނެވެ. ނުވަ މެންބަރުން ތިއްބަވާ ބޯޑުގެ އެ މަގާމަށް ވާދަ ކުރެއްވީ ވެސް އުމަރު ނަސީރު އެކަންޏެވެ.
އެލްޖީއޭ އުފެދުނީއްސުރެ މިހާތަނަށް ކޯޅުންތައް ގިނަކޮށް އޮންނަ އެ ބޯޑްގައި އުމަރު ހިމެނި ވަޑައިގަންނަވަނީ އެ ބޯޑަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުގެ ގޮތުގައެވެ. އެލްޖީއޭގެ ބޯޑުގެ ރައީސް ކަމުގައި އެންމެ ފަހުން ހުންނެވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ