ރަށްރަށުގެ ކަރަންޓު ބިލުގައި ކުނި ބިލު ނުހިމަނާނެކަމަށް ވެމްކޯއިން ބުނެފި

ރަށްރަށުގެ ކަރަންޓު ބިލުގައި ކުނި ބިލު ނުހިމަނާނެކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ވެމްކޯއިން އަތޮޅުތަކުގެ ރަށްރަށުގެ ގޭބިސީތަކުން ކުނިނަގައި ދިނުމުގެ ޚިދުމަތުގެ ބިލު، ޔޫޓިލިޓީ އެހެން ޚިދުމަތެއްގެ ބިލުގައި ނުހިމަނާނެކަމަށެވެ.
ވެމްކޯއިން ބުނީ، އެ ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދޭނީ އަދި ބިލުކުރާނީ ހަމައެއަކަނި ވެމްކޯގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް ކަމަށާއި، ރަށްރަށުގައި ހުންނަ ވެމްކޯގެ އޮފީސްތަކުގެ އިތުރުން އަވަސްޕޭ ޕޯޓަލް މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެކަމަށެވެ.
Advertisement
2023 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ވެމްކޯއިން ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމަނައިގެން މާލެ ސަރަހައްދުގެ ކުނި ބިލަށް ފައިސާ ދައްކަމުން އަންނައިރު، އެ ކުންފުނިން ފާހަގަކުރި ގޮތުގައި މިއީ ލިބިގެންދިޔަ ވަރަށް ބޮޑު މާލީ ލުޔެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ