މައްސަލައިގައި ހިމެނޭ 8 މީހުން ރެއާ ހަމައަށް ރާއްޖެއިން ނުފުރާ: ސީޕީ

މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހ. ފެންޓެނޯއީގެއިން އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅުންހުރި ކަމަށް ބެލެވޭ އަށް މީހުން ރެއާ ހަމައަށް ވެސް ރާއްޖެއިން ފުރާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެ ހާދިސާގައި ވެއްޓުނު ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ ހިމެނޭ ގޮތަށް ޖުމްލަ ނުވަ މީހެއްގެ ވަނަވަރު ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި، އެ އަށް މީހުންނަކީ ޔުމްނުއާ އެ ރޭ ދިމާވެފައިވާ މީހުންނެވެ. އަދި އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ތަފްސީލު - އެ މީހުންގެ ތެރެއިން ބައެއް މީހުން މިހާރު ރާއްޖެއިން ފުރާފައިވާ ކަމަށް ވާހަކަ ދެކެވެ އެވެ. އެކަމާ ގުޅޭ ގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ:
"އަޅުގަނޑު ޕާސަނަލީ، އަޅުގަނޑުމެން ތެރެއިން ވެރިފައި ކުރިން މި މީހުން ހުރިހާ އެންމެން ރާއްޖެއިން ފުރާފައިވޭތޯ.. .ރޭ 9:30އާ ހަމައަށް އެއްވެސް މީހަކު ރާއްޖެއިން ފުރާފައެއް ނެތް."
މިހާރު އެ މީހުންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ވެސް ލިބިފައިވޭ
އެ އަށް މީހުންނަކީ
ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ
އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް
އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ (ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް؛ މިއަދާ ހަމައަށް ހުންނެވީ ރައީސް އޮފީހުގެ މަގާމެއްގައި)
ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ (އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް)
ޔޫސުފް ޔައްސާރު އަބްދުއްގަފޫރު، 28، ހ. މީނާޒް
އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު
ހުސައިން ހަމީސް އަލީ، 28، އަލި/ނ. ވެލިދޫ
އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް/ގދ. ފަރެސްމާތޮޑާ
އެ މީހުންގެ ތެރެއިން ޔުމްނު ވެއްޓުނު ގޭގައި ހުރި ރައުދު ތަހުގީގަށް އެއްބާރުލުން ނުދޭތީވެ އޭނާ ހައްޔަރުކުރުމުގެ އަމުރެއް ފުލުހުން މިއަދު ވަނީ ހޯދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ