ސައީދުގެ އިތުރުން އެ ކުންފުނީގެ ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ވަނީ އެދިފަ އެވެ.
ފެނަކަ ކޯޕަރޭޝަނުން އައިސްޕްލާންޓެއް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުގައި އެތަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލަ ތަހުގީގު ކުރި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމެންޓް ކިޔާ ކުންފުންޏަކުން ގާއިމްކޮށްފައިވާ އައިސްޕްލާންޓެއް ފެނަކަ ކޯޕަރޭޝަނުން ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް، ނާޖާއިޒު ފައިދާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އިއްޔެ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.ސައީދުގެ އިތުރުން އެ ކުންފުނީގެ ކުރީގެ ޗީފް އެކައުންޓަންޓް މުހައްމަދު މަސްއޫދުގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ވަނީ އެދިފަ އެވެ.މި މައްސަލައިގައި މި ދެ މީހުންގެ މައްޗަށް ކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދިފައި ވަނީ؛
އޭސީސީ އިން ބުނީ އެ އައިސްޕްލާންޓް ފެނަކައަށް ގަތުމަށް ނިންމާފައި ވަނީ އޭގެ ސަބަބުން ކުންފުންޏަށް ގެއްލުން ވާނެ ކަމަށް 2023 ވަނަ އަހަރު ބޯޑުން ނިންމާފައި ވަނިކޮށް، އެކަން އެނގި ތިބެ ކަމަށެވެ. އަދި އޭރު އޮތީ އެރަށުގައި އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައި ވަނިކޮށް، ބޯޑު މެންބަރުންނަށް ސައީދު ދޮގު މައުލޫމާތު ދެއްވައިގެން ކަމަށް އޭސީސީ އިން ބުންޏެވެ."މިގޮތުން، ކައިޒާން އިންވެސްޓްމެންޓްގެ އައިސްޕްލާންޓް ފެނަކައިން ގަތުމުން، ފިޝަރީޒް މިނިސްޓްރީއާއެކު [އައިސްޕްލާންޓެއް އެޅުމަށް] ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެގެން ދާނެ ކަމަށް ދޮގު މައުލޫމާތު ދީފައިވޭ،" އޭސީސީ އިން ބުންޏެވެ.އޭސީސީ އިން އިތުރަށް ބުނީ، އައިސްޕްލާންޓްގެ ވެލުއޭޝަންގެ ގޮތުގައި މަސްއޫދު ހުށަހަޅާފައިވާ އަގަކީ މާކެޓް ވެލިއުއަށްވުރެ މަތީ އަގެކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ކޮރަޕްޝަންގެ މައްސަލައެއްގައި ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ދައުވާ ކުރަން ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ