ހުލާސާކޮށް އިއްޔެ: ސުޕްރީމް ކޯޓު ޕެރަލައިޒު ކޮށްލި މައްސަލައިގައި ޖަވާބުދާރީވާން އދ. އިން އަންގައިފި ހުލާސާކޮށް އިއްޔެ: ސުޕްރީމް ކޯޓު ޕެރަލައިޒު ކޮށްލި މައްސަލައިގައި ޖަވާބުދާރީވާން އދ. އިން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އދ. އަށް ހުށަހެޅި މައްސަލައިގައި ސަރުކާރުން ޖަވާބުދާރީވާން އަންގައިފި ކަމަށް އިއްޔެ ރިޕޯޓުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސަސްޕެންޑުކުރުމުން އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު އޭނާ ސަސްޕެންޑުކުރި މައްސަލައިގައި ހުރި ކަންބޮޑުވުންތައް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން އދ. އިން ވަނީ އެކަމާ ގުޅިގެން ސަރުކާރުން ޖޫން 2، ކުރިން ޖަވާބުދާރީވާން އަންގައިފަ އެވެ.
"އަޅުގަނޑު ހުށަހެޅި މައްސަލައިގައި ސަރުކާރުން ޖަވާބުދާރީވާން އެޕްރީލް 2، ގައި އދ. އިން ވަނީ ސަރުކާރަށް އަންގާފައި. އެންގީ ޖޫން 2، ގެ ކުރިން ޖަވާބުދާރީވާން،" ސުއޫދު އަދަދު އަށް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ސުވާލުކުރުމުން މިހާތަނަށް ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ