މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ ސެންޓަރު ހުޅުމާލޭގައި ހުންނަ 'އޮރެންޖު ހިޔާ'އަށް ބަދަލުކުރުމަށް ފަހު، ރައީސް މުހައްމަދު މުއިއްޒު މިއަދު އެ ތަން ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.
ވީ ކިހިނެއް؟ - މާލޭގައި ހުރި ތެލެސީމިއާ ސެންޓަރު ބާވެ، އެ ތަނުގެ ހިދުމަތްތަކާ މެދު ތެެލެސީމިއާ މީހުންގެ ކަންބޮޑުވުންތައް ބޮޑުވެފައިވަނިކޮށް، އެމްއެންޑީއެފްއާ ހަވާލުކޮށްގެން 'އޮރެންޖު ހިޔާ' ވަނީ ތެލެސީމިއާ ސެންޓަރު ހިންގަން ތައްޔާރުކޮށްފަ އެވެ. އެމްއެންޑީއެފުން މިމަހުގެ 8 ވަނަ ދުވަހު ވަނީ އެ ތަން ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.
ރައީސް މުއިއްޒު އާ ތެލެސީމިއާ ސެންޓަރު ހުޅުވައިދެއްވީ އެ ތަނުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ތަފްސީލް - މީގެ އިތުރުން، ތެލެސީމިއާ ސެންޓަރުގެ ހިންގުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.
އެކަން ކުރީ އެ ތަނުގެ ހިންގުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށެވެ. އެއާ އެކު:
މާލޭގައި ދިރިއުޅޭ ލޭ ހަދިޔާ ކުރާ މީހުންނަށް އެކަން ކުރެވޭނެ އިންތިޒާމު އައިޖީއެމްއެޗުގައި ވަނީ ހަމަޖައްސާފައި
ސްޕެޝަލިސްޓް ކޮންސަލްޓޭޝަންތަކަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތަންތަނުން ހާއްސަ އިންތިޒާމުތަކެެއް ވަނީ ހަމަޖައްސާފައި
މި ސެންޓަރު ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށް ފަހު، ރައީސް ވަނީ އެ ސެންޓަރު ބައްލަވާލައްވާފަ އެވެ. އަދި އެ ސެންޓަރުން ހިދުމަތް ދެއްވާ ފަރާތްތަކާއި ހިދުމަތް ހޯދާ ބައެއް ފަރާތްތަކާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ޝުއޫރުތައް ރައީސް މިއަދު އަޑުއެއްސެވި އެވެ.
އަަލަށް ހުޅުވި ތެލެސީމިއާ ސެންޓަރުގައި:
ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ހާއްސަ ވޯޑަކާއި ކުޑަކުދިންނަށް ހާއްސަ ވޯޑެއް ހިމެނޭ
ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200 ލޭ ޕައިންޓްގައި ހުރި ހުރުން މިހާރު ވަނީ އިތުރު ދެ ސްޓޯރޭޖާ އެކު ޖުމްލަ 600 ލޭ ޕައިންޓަށް އިތުރުކޮށްފައި
މި ސެންޓަރަށް 5 ނަރުހުންނާއި 6 ލެބް ޓެކްނީޝަނުން އިތުރުކޮށްފައިވޭ
ދާއިމީ ފިޒީޝަނެއް ހަމަޖައްސާފައިވޭ
އިދާރީ ބަޔަށާއި ސްޓޯރޭޖް ބެލެހެއްޓުމަށް އިތުރު މުވައްޒަފުން ހަމަޖައްސާފައިވޭ؛ އެއީ އިތުރު 16 މުވައްޒަފުން
އާ ތެލެސީމިއާ ސެންޓަރު ރަސްމީކޮށް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ