ފަަހަތުން އަރައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބުން އެފްއޭއެމް ލީގު ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ލީގު ބުރުގައި ނިއު އާއި އޮޑި ބައްދަލުކުރި މެޗު ނިމިފައިވަނީ 2-0 އިން ނިއު ކުރިހޯދައިގެންނެވެ. އެކަަމަކު، ސެމީ ފައިނަލް ދެ ވަނަ މެޗުގައި ނިއު ކަޓުވާލައި، އޮޑިން އަންނަ ބުދަ ދުވަހުގެރޭ ފައިނަލުގައި ކުޅޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށެވެ. އޮޑި އާއި މާޒިޔާ ލީގު ބުރުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ކާޑު ހަމަވުމުގެ ސަބަބުން، ނިއުގެ ބިދޭސީ މިޑްފީލްޑަރު، އަބްދެލްހާދަރު ފައްތާހު އާއި އޮޑީގެ ޑިފެންޑަރު، އިސްލާމް ފެކްރީ އަށް މިރޭގެ މެޗުގައި ނުކުޅެވުނެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ނިއު އިން ލިބޭ ބޯޅަތަކުގައި ކުރިއަށް ޖެހިގެން ކުޅެމުންދިިޔައިރު، އެ ޓީމަށް ލީޑުނަގައިދޭން މުސާ ޔާމީން (ޔާމްބެ) އޭރިއާބޭރުން ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. ނިއުގެ ފުލްބެކް، މުޖުތާޒް މުހައްމަދު (މުޖޭ) ފޮނުވާލި ބޯޅައެއް އޮޑީގެ ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ވަނީ މަަތަކޮށްފަ އެވެ.
އޮޑި އަށް މެޗުގައި ފުރަތަމަ ރަނގަޅު ހަަމަލާ ފޮނުވާލަދިނީ މިސްރުގެ މިޑްފީލްޑަރު، ހާލިދު މުހައްމަދު އެލްސައީދު އެވެ. އޭރިއާބޭރުން އޭނާ ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު، ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ މަތަކޮށްަ އެވެ.
ލަނޑު ޖެހުމަށް ފަހު ނިއުގެ ޔާމްބެ އުފާފާޅުކުރަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
ނިއު އިން ލީޑުނެގީ 38 ވަަނަ މިނިޓްގަ އެވެ. އެ ގޮތުން، ނިއުގެ އިބްރާހިމް ސިނާހު ފޮނުވާލި ބޯޅައެއް ފެނުގައި ޖެހި، ކީޕަރު ޝަފީއު އަތުގައި ޖެހިފައި، ގޯލު ރޮނގުމައްޗަށް އައި ވަގުތު ޔާމްބެ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. ފުރަތަމަ ހާފުގައި އޮޑި އަށް އެއްވަރުކޮށްދޭން ހައިޝަމް ރަޝީދު (ހައި) އޭރިއާބޭރުން ފޮނުވާލި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
ދެ ވަނަ ހާފަށް ނުކުމެ، އޮޑިން ވަނީ ފުރަތަމަ ހާފަށް ވުރެ އެޓޭކް ވަރުގަދަ ކޮށްފަ އެވެ. އެ ގޮތުން، އޮޑީގެ މުޒްދާން ހަސަން ފޮނުވާލި ބޯޅަ ކީޕަރު ތޮލާލް މަތަކުރިއިރު، އޮޑީގެ އަހުމަދު ނޫމާން (ހެލްމެޓް) ނަގައިދިން ހުރަހަކުން އެ ޓީމުގެ އައްޒާމް އަބްދުﷲ (އެޑޫ) ކުޑަ އޭރިއާ ރޮނގުމަތިން ބޮލުން ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ.
އޮޑި އަށް އެއްވަރުކޮށްދިނީ، މެޗުގެ 74 ވަނަ މިނިޓްގައި ބަދަލަކަށް ކުޅެން އެރި އެ ޓީމުގެ މިސްރު ފޯވާޑް، އާޝޫރު އެލްސައީދު އެވެ. ހައިޝަމް ނަގައިިދިން ހުރަހަކަށް ނިއުގެ ޑިފެންސްލައިނުގެ ތެރެއިން ފުއްމައިގެންއަރައި، އެލްސައީދު ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެެވެ. އޭގެ އިރުކޮޅެއް ފަހުން، ކައުންޓަ އެޓޭކުގައި އޮޑި ޓީމުގެ އިސްމާއިލް ވިފާގު (އިއްސެ) ފޮނުވާލި ބޯޅައެއް ކީޕަރު ތޮލާލް މަތަކުރި އެވެ.
އިތުރު ވަގުތުގެ ފުރަތަމަ މިނިޓް ތެރޭގައި، އޮޑި މޮޅުވި ގޯލު ޖެހީ ހެލްމެޓް އެވެ. ކޯނަރަކުން ނަގައިދިން ބޯޅައަކަށް އޭރިއާތެރެއިން އަރައި، ހެލްމެޓް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ފަހަތުން އަރައި ނިއު ރޭޑިއަންޓް ބަލިކޮށް އޮޑި އެފްއޭއެމް ލީގު ކަޕްގެ ފައިނަލަށް ފަހަތުން އަރައި ނިއު ރޭޑިއަންޓް ބަލިކޮށް އޮޑި އެފްއޭއެމް ލީގު ކަޕްގެ ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ