ކޮރަޕްޝަންގެ ތުހުމަތުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ތިން ދައުވާއެއް އުފުލައިފި އެވެ.
ޝަމްއާންގެ މައްޗަށް ހިންގި ތަހުގީގު ނިންމާ މި މަހުގެ 11 ވަނަ ދުވަހު އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. ޕީޖީ އޮފީހުން ބުނީ ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް އުފުލާ ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.
ޝަމްއާންގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާތައް ސާބިތުވެއްޖެނަމަ ވިއްސަކަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން
ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން ހައްޔަރު ކުރީގެ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭގެ ކުރީން އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރަކު ހައްޔަރު ކުރި އެވެ.
އެ މީހުންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.
ޝަމްއާން ހިމެނޭހެން މި އެންމެން ތިބީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކޮށްފަ އެވެ.
މަނީ ލޯންޑަރިންނާއި ފޭރުމުގެ ކުށުގެ ދައުވާ ހިމެނޭހެން ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް، ސާބިތުވެއްޖެ ނަމަ 20 އަހަރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ