ސުވީޑްންގެ އޮރެބްރޯގައި މިދިޔަ އަންގާރަ ދުވަހު ހިނގި ބަޑިޖެހުމުގެ ހާދިސާގައި 10 މީހުން މަރާލުމާ ގުޅިގެން، އެޤައުމުގެ ސަރުކާރުން ހަތިޔާރު ގެންގުޅުމުގެ ޤާނޫނަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
އަދި 2023 ވަނަ އަހަރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން މިފަދަ ހަތިޔާރު ޖަނަވާރާއި، ދޫނި ސޫފާސޫފި ޝިކާރަކުރުމަށް ބޭނުންކުރުމަށް ދީފައިވާ ހުއްދަ ބާތިލްކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
މަރާމާރީ ހިންގި ފަރާތުން ބޭނުންކުރި ހަތިޔާރުތަކަކީ ގާނޫނީ ގޮތުން ހުއްދަ ލިބިގެން ގެންގުޅުނު ހަތިޔާރުތަކެވެ. ފުލުހުން ބުނާ ގޮތުގައި އޭނާގެ އަތުގައި 4 ހަތިޔާރު ގެންގުޅުމުގެ ހުއްދަ އޮތެވެ. އަދި އޭގެ ތެރެއިން 3 ހަތިޔާރު ވަނީ އޭނާ އުޅުނު ސަރަޙައްދުން ފެނިފައެވެ.
ހާދިސާ ހިނގި ތަނުން ފެނުނު ހެކިތަކުގެ ތެރޭގައި އިތުރު 3 ހަތިޔާރަކާއި 10 ހުސް މެގަޒިންވެސް ހިމެނެއެވެ. ހާދިސާ ހިނގިއިރު ކުލާހެއްގައި ފޮރުވިގެން އިން ދަރިވަރަކު ނެގި ވީޑިއޯއެއްގައި، ބަޑިޖަހާ އަޑާއެކު "ޔޫރަޕުން ނުކުމޭ!" ގޮވާ އަޑު އިވޭކަމަށް ޓީވީ4 ނިއުސްއިން ރިޕޯޓްކޮށްފައިވެއެވެ.
ބަޑި ޖެހުމުގެ ހާދިސާގައި މަރުވި 10 މީހުންގެ ތެރޭގައި އެކި އުމުރުފުރައިގެ 7 އަންހެނުންނާއި 3 ފިރިހެނުން ހިމެނެއެވެ. އެމީހުންގެ އުމުރަކީ 28 އަހަރާއި 68 އަހަރާ ދެމެދުގެ އުމުރުފުރައެވެ. މަރުވި މީހުންގެ ތެރޭގައި ސީރިއާގެ 2 ރައްޔިތުންނާއި ބޮސްނިއާގެ އަންހެނަކު ހިމެނެއެވެ.
ސުވީޑްންގެ މީޑިއާތަކުން ހާމަކުރާ ގޮތުގައި ބަޑި ޖެހި މީހާއަކީ 35 އަހަރުގެ ރިކާޑް އެންޑަސަންއެވެ. ނަމަވެސް މިއީ ރަސްމީކޮށް ކަށަވަރުކުރެވިފައިވާ މައުލޫމާތެއް ނޫނެވެ. އަދި މީޑިއާތަކުން ބުނާގޮތުގައި އޭނާއަކީ އެކަހެރިކޮށް އުޅުނު، ނަފްސާނީ ބަލި ހުންނަ މީހެކެވެ.
ސުވީޑްންގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން ހަތިޔާރުގެ ޤާނޫނަށް ބަދަލު ގެންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ