މާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ރޭ އިރާކޮޅު މާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ ރޭ 8:17 ހާއިރު ވައިލެޓު މަގު، ދޮންހުރާ ގޯޅީގައި މާރާމާރީ ހިންގަން އުޅުނު މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ތަފްސީލް - އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކާއި އިތުރު ދެ މީހެކެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފާހަގަ ކުރެވޭ - ރޭ ހުޅުމާލޭގައި މާރާމާރީއެއް ހިިންގައި މީހަކު ވަނީ ޒަހަމްކޮށްލައިފަ އެވެ.
މާރާމާރީ ހިންގުމަށް ފަހު ފިލައިގެން ދަނިކޮށް ދެ މީހަކު ހައިވޭ މަތިން ހުއްޓުވައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ