ލާޒިމު ނޫން ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން އުޅޭނަމަ ބަލައި ފާސްކުރާނެ: ފުލުހުން ލާޒިމު ނޫން ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން އުޅޭނަމަ ބަލައި ފާސްކުރާނެ: ފުލުހުން

ލާޒިމު ނޫން ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން އުޅޭނަމަ ހުއްޓުވައި، ބަލައި ފާސްކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ދަންވަރު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ހެލްމެޓު އެޅުން ގާނޫނުތަކުން ލާޒިމުކޮށްފައި ނުވާ ސަރަހައްދުތަކުގައި ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި، ކާކުކަން ފޮރުވަން ހެލްމެޓު އަޅައިގެން ބައެއް މީހުން އުޅޭ ކަމަށާއި ހެލްމެޓު އަޅައިގެން ހިދުމަތް ދޭ ތަންތަނަށާއި ވިޔަފާރިކުރާ ތަންތަނަށް ވަދެ ހަދާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"ހެލްމެޓު އެޅުން ލާޒިމްކޮށްފައި ވަނީ 30 ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައި ސަރަހައްދުތަކުގަ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
މާލޭ ސަރަހައްދުގައި ހެލްމެޓު އަޅުން މަޖުބޫރު ވަނީ ސިނަމާލެ ބްރިޖާއި، ހައިވޭގަ އެވެ.
"އެހެން ކަމުން، ހެލްމެޓު އެޅުން ލާޒިމުކުރާ ސަރަހައްދުތައް ފިޔަވައި އެހެނެނުހެން ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރަމުން ގެންދާނެ ވާހަކަ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމު ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ