ގެދޮރު ގަތުމާއި އިމާރާތްކުރުމަށް ދޭ ފައިނޭންސަށް ބީއެމްއެލުން ހެޔޮ ބަދަލުތަކެއް

ގެދޮރު ގަތުމާއި، އިމާރާތްކުރުމާއި މަރާމާތުކުރުމަށް ދޫކުރާ ފައިނޭންސިން ޚިދުމަތްތައް، ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެހެން ބަދަލުކޮށްފަިއވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ. ބީއެމްއެލްއިން ބުނި ގޮތުގައި، ގެދޮރު ގަތުމަށް ލިބޭ ފައިނޭންސިންއަށް އަލަށް ގެނައި ބަދަލުތަކުގެ ދަށުން ބިމާއި ގަރާޖާއި ޕާކިން ސްޕޭސް މިހާރު ގަނެވޭނެއެވެ. އަދި ތިން މިލިއަން ރުފިޔާއާ ހަމަޔަށް އަގުހުރި ޕްރޮޖެކްޓްތަކަށް، އަމިއްލައަށް ކުރަންޖެހޭ ޚަރަދު 10 ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ. ގެދޮރު މަރާމާތު ކުރުމަށް: ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުން ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު 15 މިލިއަން ރުފިޔާއިން 45 މިލިއަން ރުފިޔާއަށް އިތުރުކުރުން މަޝްރޫޢުން ލިބޭ އާމްދަނީ މިހާރު ބަލައިގަތުން ބީއެމްއެލުން ގެދޮރާގުޅޭ ފައިނޭންސިންއަށް ހެޔޮ ބަދަލުތަކެއް ތައާރަފު ކުރުން -- ސަން ފޮޓޯ/ ހަސަން މާނިއު ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް: ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު ދެ މިލިއަން ރުފިޔާއަށް އިތުރުކުރުން އަލަށް ފައިނޭންސް ނަގާ ފަރާތްތަކަށްވެސް މި ފައިނޭންސަށް އެދި ހުށަހެޅޭ ގޮތް ހަމަޖެއްސުން ގިނަ ކަސްޓަމަރުންނަށް ފުރުސަތު ދިނުމަށް ފައިނޭންސަށް ޝަރުތު ހަމަވާ އާމްދަނީގެ އަދަދު ދަށްކުރުން މި ކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގައި އެންމެ ކުޑަ ރޭޓެއްގައި ހޯމް ފައިނޭންސިން ދޫކުރަނީ އެ ބޭންކުން ކަމަށެވެ. އަދި މިއަދު މި ގެނައި ބަދަލާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާންމު ފަރުދުންނާއި އާއިލާތަކުގެ ތެރެއިން މިހާރަށްވުރެ ގިނަ އަދަދެއްގެ ބަޔަކަށް ގެދޮރުވެރިންނަށްވުމަށް ޓަކައި ބޭނުންވާ ފައިނޭންސިން ހޯދުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ