ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންއާ ދެކޮޅަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސް ނުވެ، މައްސަލަ ބޭރުވެއްޖެ އެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި މި މައްސަލާގައި މިނިސްޓަރު އިހުސާނު މަގާމުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ.
އޭނާ މަގާމުގައި ބަހައްޓަން ފެންނަ ކަމަށް ވޯޓު ދެއްވީ 64 މެންބަރުންނެވެ. އެއީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުންނާއި ސަރުކާރާއެކު މަސައްކަތްކުރާ ޕާޓީތަކުގެ މެންބަރުންނެވެ.
އިހުސާންގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންގެ ސޮޔާއެކީގަ އެވެ. އިހުސާން ވަކިކުރަން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަގު ފޯމުތަކުގެ މައްސަލައިގެ އިތުރުން އެކްސްޕެޓް ސިސްޓަމް މެލޭޝިއާގެ "ބެސްޓިނެޓް" ކުންފުންޏާ ހަވާލުކުރި މައްސަލަ އާއި ފުލުހުންގެ ތަހުގީގަތަކަށް ނުފޫޒު ފޯރުވުމުގެ މައްސަލަ ވެސް ހިމަނާފައިވެ އެވެ.
ނަމަވެސް މި ތުހުމަތުތަކުން ދިފާއުވުމުގެ ބަދަލުގައި މިއަދުގެ ޖަލްސާގައި އިހުސާން ދެއްކެވީ ވަގު ފޯމު ފުރައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލައަކީ އަބަދުވެސް ހިނގަމުން އަންްނަ ކަމެއް ކަމަށް ވިދާޅުވެ މައިގަނޑު ވާހަކައަކަށް މިދިޔަ ސަރުކާރުގެ ވާހަކަ އެވެ.
ހޯމް މިނިސްޓަރު އިހުސާނުގެ އިތުބާރު ނެތްކަމަށް ފާހެއް ނުވި ހޯމް މިނިސްޓަރު އިހުސާނުގެ އިތުބާރު ނެތްކަމަށް ފާހެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ