ސުޕްރީމް ކޯޓު ފަނޑިޔާރުން ވަކިކުރާ ބިލުގެ ކޮމިޓީ މަސައްކަތް މިއަދުން މިއަދަށް ނިންމަން ފާސްކޮށްފި ސުޕްރީމް ކޯޓު ފަނޑިޔާރުން ވަކިކުރާ ބިލުގެ ކޮމިޓީ މަސައްކަތް މިއަދުން މިއަދަށް ނިންމަން ފާސްކޮށްފި

ސިޔާސީ ޕާޓީތަކަށް, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް، އެ ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ހުށަހަޅާފައި އޮތް ބިލުގެ ކޮމިޓީ މަސައްކަތް މިއަދުން މިއަދަށް ނިންމަން ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ބިލް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އާދިއްތަ ދުވަހުގެ ރޭ މަޖިލީހަށް ވެއްދި މި ބިލު ބަލައިގަންނަން ފާސްކުރީ މިއަދު އެވެ.
މިހާރު ކުރިއަށްދާ ޖުޑީޝަރީ ކޮމިޓީގެ ބައްދުވުމުގައި މި ބިލުގެ ކޮމިޓީ މަސައްކަތް މިއަދުން މިއަދަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އެ ހުށަހެޅުން ފާސްވީ ހަތް މެންބަރުންގެ ވޯޓުންނެވެ. މި ބިލުގެ ކޮމިޓީ މަސައްކަތް އެޕްރީލް 25، އާ ހަމައަށް ފަސްކުރަން ފާސްކުރަން ކޮމިޓީގައި ތިއްބެވި ދެ މެންބަރުން ހުށަހެޅުއްވި ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވި އެވެ.
ސަރުކާރުން ހުށަހެޅި ބިލެއް ނޫންކަން ދައްކަން ސައްތާރު ލައްވައި އޭނާގެ އަމިއްލަ މެންބަރެއްގެ ބިލެއްގެ ގޮތުގައި ބިލް ހުށަހެޅުއްވުމަށް ފަހު، އެ ބިލަށް ޕީއެންސީގެ މެންބަރުންގެ ތާއިދު އޮތްތޯ ބެލުމަށް އިއްޔެ ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ދެތިން މެންބަރެއް ފިޔަވައި އެ ބިލް ފާސްކުރަން ތާއިދު ނުކުރާ މެންބަރަކު ނެތެވެ. ނަމަވެސް ޕީއެންސީގެ ލީޑަޝިޕުން ރޭގެ ވަގުތެއްގައި މެންބަރުންނަށް އެންގީ އެ ބިލަށް ތާއިދު ކުރުމަށެވެ.
އެ ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ